މާދަމާއަށް އިންތިޒާރު ނުކުރާށެވެ. ކަލޭ އުޅެންވީ ހަމައެކަނި، މިއަދުގެ ތެރޭގައެވެ. ކަލޭގަ އުމުރަކީ އެންމެ ދުވަހެއް ކަމުގައި ބަލާށެވެ.
އެއީ މިހާރު ތިހުރި ދުވަހެވެ. މި އަދު އުފަންވެފައި މިއަދު މަރުވެގެން ދާންޖެހޭ، މީހެއްގެ ގޮތުގައި ވިސްނާށެވެ. އޭރުން އިއްޔެއާ މެދު ކުރަންޖެހޭ ހިތާމައެއް، މާދަމާއާ މެދު ގަންނަންޖެހޭ ބިރެއް، ނުއޮންނާނެއެވެ.
ކަލޭގެ ހުރިހާ ސަމާލުކަމަކާ ބުރަ މަސައްކަތް، މިއަދު ހޭދަކުރާށެވެ. މިއަދު ކޮންމެހެން ވެސް، ބިރުވެތިކަމާއެކު ނަމާދުކުރާށެވެ. ވިސްނުންތެރި ކަމާއެކު، ޤުރުއާން ކިޔަވާށެވެ. ފިކުރުކުރުމާއެކު ފޮތެއް ކިޔާށެވެ. ހިތުގެ ޙާޟިރުގަ ޛިކުރުކުރާށެވެ. ކަންކަމުގަ މެދުމިންވާށެވެ. އަޚްލާޤު ރީތިކުރާށެވެ.
އަދި ބޭރުފުށް ވެސް ޗާލުކުރާށެވެ.
ޞިއްޙަތަށް ބަލާށެވެ. މިންވަރަށް ރުހޭށެވެ. އެހެން މީހުންނަށް ފައިދާހުރި މީހަކަށް ވާށެވެ. ދަސްކުރަންޖެހޭ ފިލާވަޅެއް އޮތިއްޔާ ލަސްނުކޮށް މިއަދު ދަސްކުރާށެވެ. އިއްޔެ ފާސް ނުވީތީ އަދި މާދަމާ ފާސް ނުވެދާނެކަމަށް ހިތާމަ ނުކުރާށެވެ. މުހިއްމީ މިއަދު ދަސްކުރުމެވެ. އުފަލާއިއެކު މިއަދުގައި އުޅޭށެވެ.
0 ޚިޔާލު: on "މާދަމާއަށް އިންތިޒާރު ނުކުރާށެވެ."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ