Wednesday, May 19, 2010

ތަކެތި ފަސޭހައިން ދަސްވާ، ހަނދާން ވަރުގަދަވާ، ހިތް އަލިވާ ދުޢާއެއް ނުވަތަ އާޔަތެއް ނުވަތަ ގޮތެއް ސުންނަތުން ސާބިތު ވޭތޯ؟


ތަކެތި ފަސޭހައިން ދަސްވާ، ހަނދާން ވަރުގަދަވާ، ހިތް އަލިވާ ދުޢާއެއް ނުވަތަ އާޔަތެއް ނުވަތަ ގޮތެއް ސުންނަތުން ސާބިތު ވޭތޯ؟


ތަކެތި ފަސޭހައިން ދަސްކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން:
1. ފާފަތަކާއި ދުރުހެލިވުން. ސަބަބަކީ ފާފަތަކުގެ އަނދިރިކަމާއި އެކު ޢިލްމުގެ ނޫރު އެއްނުވާނެތީވެއެވެ. މީހާކު އިމާމް މާލިކް-ރަޙިމަހު ﷲ- އާއި ސުވާލު ކުރެއްވިއެވެ. "އޭ ޢަބްދުﷲ ގެ ބައްޕާއެވެ! އެއްޗެތި ހިތުދަސްކުރުމަށް އޮތް ގޮތަކީ ކޮބައިތޯއެވެ؟"، ވިދާޅުވިއެވެ. "ފާފަތަކުން ދުރުހެލިވުމެވެ".
2. ﷲ ސުބްޙާނަހޫ ވަތަޢާލާ ޛިކްރު ކުރުން ގިނަކުރުން.
3. ކެއުން މަދުކުރުން. ގިނައިން ކެއުމަކީ މީހާ ކަންނެތްކޮށް، ވަރުބަލިކޮށްލާ ކަމެކެވެ.
4. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ހިތުދަސްކުރުމުގެ ބާރުގަދަ ކުރުމުގެ ގޮތުން މާމުއި ބުއިމަކީ ފައިދާ ހުރި ކަމެކެވެ. އަދި ހިކިމޭބިސްކަދުރު ކެއުމަކީ ވެސް ހިތުދަސްކުރުމުގެ ބާރުގަދަ ކުރާ ކަމެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
5. ބޮލުގެ ކަވާ ޖެހުމަކީ ވެސް ހިތުދަސްކުރުމުގެ ބާރުގަދަވާ ކަމެއް ކަމުގައިވެއެވެ.
ހިތުދަސް ކުރުމުގެ ބާރުގަދަ ކުރުމަށް އެދު ކިޔާނެ ވަކި ދުޢާ އެއް ސުންނަތުން ޘާބިތުވާކަށް ނެތެވެ. އެހެން ނަމަވެސް ކޮންމެ ކަމަކަށްވެސް އެދި އެމީހެއްގެ ބަހުން ދުޢާ ކުރަންވީއެވެ. ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެ އެވެ. އެކަލާންގެއީ އަޅުތަކުންގެ ދުޢާ އައްސަވާ، އިޖާބަކުރައްވާ އިލާހެވެ. والله أعلم.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ތަކެތި ފަސޭހައިން ދަސްވާ، ހަނދާން ވަރުގަދަވާ، ހިތް އަލިވާ ދުޢާއެއް ނުވަތަ އާޔަތެއް ނުވަތަ ގޮތެއް ސުންނަތުން ސާބިތު ވޭތޯ؟"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ