
ލިޔެސް ޖަމުއްޔާގެ ޓީމް މިހާރު ކުރިއަށްދާ އެކުވެރި ކަމުގެ ސިލްސިލާ މެޗު ތަކުގެ ތެރެއިން މިހަފްތާގެ މެޗު އޮންނާނީ ނ. ހެނބަދޫ ގައެވެ.
ލިޔެސް ޖަމުއްޔާގެ ޓީމް މިއަހަރު ކުޅުނު އެކުވެރި ކަމުގެ ފުރަތަމަ މެޗު ގައި ބަލިވެފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ. މި މެޗުގައި ލަންދޫ ޓީމުން ފެނިގެން ގޮސްފައިވަނީ އެހާ ރަގަޅު ކުޅުމެއް ނޫނެވެ.
މިމެޗް ލިޔެސް ގެ ފަރާތުން ރާވާ ހިންގުމުގައި މިފަހަރު ހަރަކާތް ތެރިވަނީ އާރިއްޕޭ އާއި ނާއްޕޭ އެވެ.
ހަމަ މިހޮނި ހިރު ދުވަހު ލަންދޫ ކައުންސިލާރ ހަމަޖައްސާގެން ނ. ހެނބަދޫގައި މެޗެއް ލަންދޫ ޒުވާނުންނާއި ކުޅޭނެ ވާހަކަ ލަންދޫ އިންފޯގެ ލިޔުން ތެރިން ވަނީ ލިޔެފައެވެ. އެއްދުވަހާއި މިދެމެޗު ކުރިއަށް ގެންދިޔުމުގައި ކައިރީގައި އޮތް ތޮޅެންދޫގެ ބޭނުން ހިފާނެ ކަމަށް ބެލެވެެއެވެ. (ފުޓޯގައި ލަންދޫ ޒުވާނުންގެ ޓީމް– އެކަމް ކައުންސިލާރ އާއި ލަންދޫ އިންފޯގެ ޓީމް ނުހިމެނޭ )
ލަންދޫ އިންފޯގެ ލިޔުން ތެރިން ލިޔެސްގެ ނަން ލިޔަން ބޭނުން ނުވިޔަސް، މިމެޗުގައި އެއްކޮޅުން ނ. ހެނބަދޫ އާއި އެކު ކުޅޭނީ ލިޔެސްގެ ފުޓްބޯޅަ ޓީމެވެ.
އަދި މިފަހަރުގެ މެޗަށް ސީދާ ލިޔެސްގެ މެމްބަރުން ހިމެނުމަށް ދަނީ މަސްވަރާ ކުރަމުންނެވެ. ވީމަ މިގޮތަށް ހަމަޖެހިއްޖެ ނަމަ ބައެއް ކުޅުންތެރިން ލިޔެސް އަށް ސޮއި ކުރުމަށް ވިސް ނުމަކީ އެކަށީގެންވާ ކަމެކެވެ.
0 ޚިޔާލު: on "ހޮނިހިރު ދުވަހު ހެނބަދޫގައި ލަންދޫގެ ދެޓީމް ބައްދަލު ކުރަނީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ