
ލިޔެސް ޖަމުއްޔާގެ ޓީމް މިހާރު ކުރިއަށްދާ އެކުވެރި ކަމުގެ މެޗު ތަކުގެ ތެރެއިން މިހަފްތާގެ މެޗު ކުޅުމަށް މާދަމާ ފުރާ ދުއްވޭވަރު ވާނަމަ ވިއްސާރަޔަސް ހެނބަދޫއަށް ދާނެކަމަށް މިހާރު ލިޔެސް ޓީމްގެ ކައްޕި ހަސަން މާހިރު ( މާޓިން ) ބުނެފިއެވެ.
މާދަމާގެ މެޗު ކުޅުމަށް ކުޅުންތެރިން ތިބީ ވަރަށް ބޭނުން ވެފައެވެ. ސަބަބަކީ ލިޔެސް ޖަމުއްޔާގެ ޓީމް މިއަހަރު ކުޅުނު އެކުވެރި ކަމުގެ ފުރަތަމަ މެޗު ވަނީ ހެނބަދޫ އާއި ކުޅެ ބަލި ވެފައެވެ. އެއީ 3 ލަނޑު 1 ލަނޑުންނެވެ.
މިމެޗް ލިޔެސް ގެ ފަރާތުން ރާވާ ހިންގުމުގައި މިފަހަރު ހަރަކާތް ތެރިވަނީ އާރިއްޕޭ އާއި ނާއްޕޭ އަދި ކައުންސިލާރ އެވެ. ކައުންސިލާރގެ އެހީ ތެރިކަން މިކަހަލަ ކަންތައްތަކުގައި ދަނީ ލިބެމުންނެވެ. ނަމަވެސް އަދިވެސް ފުޓްބޯޅަ ދަނދަށް ކަރަންޓް ބޯޑު ނުލެވި އިނީ އެވެ.
ލަންދޫ އިންފޯގެ ލިޔުން ތެރިން ލިޔެސްގެ ނަން ލިޔަން ބޭނުން ނުވިޔަސް، މިމެޗުގައި އެއްކޮޅުން ނ. ހެނބަދޫ އާއި އެކު ކުޅޭނީ ލިޔެސްގެ ފުޓްބޯޅަ ޓީމެވެ.

އަދި މިފަހަރުގެ މެޗަށް ވެސް ޓީމުނަގާނީ ލިޔެސްގެ މެމްބަރުންނާއި ކުޅެންދާ ބައެއް ޒުވާނުންގެ ތެރެއިންނެވެ. ހަމައެކަނި ލިޔެސް ގެ މެމްބަރުން ޓީމަށް ނަގައިފިނަމަ ޒުވާނުންގެ ތެރޭގައި ބައިބައިވުން އުފެދި މަސްލަހަތު ގޯސް ވެދާނެތީވެ ލިޔެސްގެ އިސްސަފުގައި ތިބި މީހުން މަސްވަރާކޮށް ވަނީ ނިންމާފައެވެ.
0 ޚިޔާލު: on "މާދަމާ ފުރާ ދުއްވޭވަރު ވާނަމަ ވިއްސާރަޔަސް ހެނބަދޫއަށް ދާނަން- ލިޔެސްގެ ކައްޕި ( މާޓިން)"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ