ފުރަތަމަ ޞަފްޙާ

Thursday, November 4, 2010

ވެލޯސިޓީގެ ލޯގޯވެސް މުޅިން ބަދަލު.





މިފަހަރުގެ ހޮލިޑޭކަޕްގައި ވެލޯސިޓީން ބޭނުން ކުރާނީ މުޅިން އެހެން ލޯގޯއެއްކަމަށް އެޓީމްގެ ކެޕްޓަން މިނޫހަށް މައުލޫމާތު ދީފިއެވެ. އެޗްއޯސީ ހުޅުވާލި މިފުރުސަތުގެ ބޭނުން ހިފީ ކުރިން ބޭނުން ކުރަމުން ދިޔަ ލޯގޯއަކީ އެހާ ރީތި ލޯގޯއެއް ކަމުގައި ނުވާތީއެވެ. މިފުރުހަމަ ލޯގޯ ޑިޒައިން ކޮށްދީފައި ބަނީ އެއްވެސް އަގަކާއި ނުލާ އަބްދުﷲ އިބްރާހިމް (ޒީރޯ) އެވެ.
...އިތުރަށް

ފަހަތަށް ޖަހަމުން އައި އެސް އަކުރު ، ކުރީގެ ބާ ހެދުން ގަނޑާއި އެކު ދޫކޮށްލާ landhooheadline.tk



ލަންދޫހެޑްލައިންސްއަކީ ބިޒީ ޝެޑިއުލްގެ މީހުންނަށް ރަށުގެ އެންމެ ހޮޓް ހަބަރުތައް ވީއެންމެ ކުރުކޮށް ގެނެސް ދިނުމަށްޓަކައި އަޅުގަނޑު ކުރިއަށް ގެންދާ ބުލޮގެކެވެ.
މިބުލޮގު އާފޭރާމެއް ލައްވާ ދުވަހުން ދުވަހަށް މިދަނީ ޒަމާނީ ކުރަމުންނެވެ. މިފަހަރުުގެ ހެދުމަށް ފަހު ދެން މިބުލޮގަށް ވަދެވޭނީ landhooheadline.tk އެވެ. ފަހަތަށް ޖަހަމުން އައި (s)އެސް އަކުރު ، ކުރީގެ ބާ ހެދުން ގަނޑާއި އެކު ދޫކޮށްލާށެވެ.
ލަންދޫހެޑްލައިން އަށް ލައްވައިދިން އަގުބޮޑު ރީތި ފޭރާން ލައްވަ ދިނުމުގެ ބުރަ މަސައްކަތް ކޮށްދެއްވި ލަންދޫ ސުކޫލުގެ ކޮމްޕިއުޓާރ ޓެކްނިޝަން އަބުދުއްﷲ އިބުރާހިމް ( ޒީރޯ ) އަށް ވަރަށް އިހުލާސްތެރިކަމާއި އެކު ސުކުރު އަދާކުރަމެވެ.

...އިތުރަށް

Wednesday, November 3, 2010

މިފަހަރު ލަމްޕާޑް ފެންނާނީ އޭނާ އެންމެ ކުޅެންބޭނުންވާ ޓީމް ކުލަބް ވެލޯސިޓީން




މިއަހަރުގެ ހޮލިޑޭ ކަޕުން އަލީ ހާފިޒު (ލަމްޕާޑް) ފެންނާނީ ވެލޯސިޓީންނެވެ. މިދިޔައަހަރުންފެށިގެން ލަމްޕާޑްގެ އަސްލުކުލަބުން އޭނާ އެހެން ކުލަބަކަށް ޓްރާންސްފާވާން ބޭނުންވެގެން އެދުމުންވެސްވަނީ އޭނާ ދޫނުކޮށްފައެވެ. މިކަމުގެ ސަބަބުން އެމުބާރާތުގައި ލަމްޕާޑަށް ޖެހުނީ ކުޅުމުން ދުރުގައި ހުންނާށެވެ. އެހެންނަމަވެސް މިއަހަރު % އާއި ވާހަކަ ދައްކައިގެން ލަމްޕާޑް ވަނީ ކުލަބް ވެލޯސިޓީއަށް ބަދަލުވެފައެވެ. މިކުޅުންތެރިޔާ ދޫކޮށްފައިވަނީ 1000 ރުފިޔާއަށެވެ.
ލަމްޕާޑް ހާމަ ކުރިގޮތުގައި އޭނާ އެންމެ ކުޅެންބޭނުންވަނީ އަބަދުވެސް ވެލޯސިޓީއަށެވެ. ލަމްޕާޑް ކުޅިވެމުންތެރިންނަށް ވިދާލާފައިވަނީ 2007 ވަނަ އަހަރުގައި ކުލަބް ވެލޯސިޓީންނެވެ. މިބްލޮގްގެ އުއްމީދަކީ މިއަހަރު ލަމްޕާޑްގެ ކިބައި މޮޅުކުޅުމެއްފެނިގެން ދާނެކަމަށެވެ.
...އިތުރަށް

Monday, November 1, 2010

ދަރިންނަށް ނަން ކިއުން




ނަންތަކުގެ ތެރޭގައި ހުއްދަނަން، މަކުރޫހު ނަން. އަދި ކިޔުން ހަރާމް ވެގެންވާ ނަންތައް ވެއެވެ. އެހެންވެ ދަރިންނަށް ނަން ކިޔާއިރު އިސްލާމީ ޝަރީއަތުގައި ކިއުން ހުއްދަވެގެންވާ ނަމެއް ކިއުން މުހިންމުއެވެ.
ހ- ހުއްދަނަންތައް
1 މާތް ﷲ ގެ ހަޒުރަތުގައި ލޮބުވެތިކަން ބޮޑު ދެނަން. އެއީ عبد الله އާއި عبد الرحمن.
ހަދީސްގެ މާނަ: މާތް ﷲ ގެ ހަޒުރަތުގައި އެއްމެ ލޮބުވެތިވެގެންވާ ދެނަމަކީ عبد الله އާއި عبد الرحمن. ހަދީސް މުސްލިމް.
2 މާތް ﷲގެ އިސްމުފުޅުގެ ކުރިއަށް "عبد " ގެނެސްގެން ކިޔާނަން ނަން. މިސާލަކަށް : عبد الرحيم . عبد الكريم. عبد العزيز .
3 ނަބީބޭކަލުންގެ ނަންތައް.
ހަދީސްގެ މާނަ: ތިޔަބައި މީހުން ތިމަންކަލޭގެ ފާނުންގެ ނަމުން ނަންދޭށެވެ. އަދި ތިމަން ކަލޭގެ ފާނުންގެ كنية nickname ތިޔަބައި މީހުންގެ ދަރިންނަށް ނުކިޔާށެވެ.
4 ޝަހީދުންނާއި މާތް މީސްމީހުންގެ ނަންތަކާއި އިލްމުވެރިންގެ ނަންތައް.
5 މާނައިގެ ގޮތުން ރަނގަޅު، ރީތި ނަންތައް ..

ށ. މަކުރޫހު ނަންތައް ( މިބާވަތުގެ ނަން ކިޔުމަކުން އަޒާބު ނުލިބޭ، އަދި ނުކިޔުމުން ސަވާބު ލިބޭނެއެވެ.)
1 ހަޔަވާނުންނަށް ކިޔާނަންތައް. އެއީ އެނަން ރައްދުވާފަރާތައް ވެވޭ އިހާނަތަކަށް ވާތީ އެވެ. އެހެންވެ އިލްމުވެރިން ބުރަވަނީ ހަޔަވާނުންނަށް ކިޔާނަންނަތައް މުސްލިމުންނަށް ކިޔުން މަކުރޫހަވާނެ ކަމަށެވެ.
2 އެއްވެސް މާނައެއް ނެތް ނަންތައް. މިސާލަކަށް ޓަވަރ ، ފާރު ފަދަ ނަންތައް.
3 ނަމުގެ ފަހަތައް ދީން (الدين) އަންނަ ނަންތައް. މިސާލަކަށް ޝިހާބުއްދީން ، ކަހަލަ ނަންތައް. އެއީ އެމީހާގެ ޝަހުސައްވުރެ މަތިވެރި ކުރުވާ ނަންތަކަށްވާކަމަށް އިލްމުވެރިން ވިދާޅުވެއެވެ.
ދަލީލު: ރަސޫލު ﷲގެ ފާނު برة (Libra) ގެނަން زينب ޒައިނަބު އަށް ބަދަލް ކުރެއްވިއެވެ. އެއީ އެނަން އާވެ އާވެ ހުއްނަކަމައްޓަކައެވެ.
4 ނުބައި މާނަ އެކުލެވޭ ނަންތައް. މިސާލަކަށް : ހިތާމަ. ހިތްދަތިކަން. ކަހަލަ ނަންނަން.

ނ. ހަރާމް ނަންތައް.
1 ޝެހެންޝާހު. މާނައަކީ ރަސްރަސްކަލުންގެ ރަސްގެފާނު
ހަދީސްގެމާނަ: ނަންތަކުގެތެރެއިން މާތް ﷲގެ ހަޒްރަތުގައި ގަބޫލްވެ ވޮޑިނުގަންނަވާ ނަމަކީ ޝެހެންޝާހު އެވެ. މިނަމުގެ މާނައަކީ ރަސްރަސްކަލުންގެ ވެރިޔާއެވެ. މިހެންވެ މިމާނަ ދޭހަވާ އެހެނިހެން ނަންނަން ވެސް ކިޔުން ހުއްދަނުވާނެކަމަށް އިލްމުވެރިން ދެކިލައްވައެވެ. މިސާލަކަށް ސާހިބުންގެ ސާހިބާ ކަލަހަނަންނަމެވެ.
2 އަޅުކަންކުރުމަށް މީސްތަކުން ހަދައިގެން އުޅޭ ތަކެއްޗާއި، މީސްތަކުންގެ ތެރެއިން ކަނލާގެ ކަމަށް ހެދިގެން އުޅުނު މީސްމީހުންގެ ނަންނަމެވެ. މިސާލަކަށް Aphrodite, Apollo, Ares, Artemis, Athena, , Zeus ކަހަލަ ނަންނަން ކިޔުން ހުއްދަ ނުވާނެއެވެ. އެއީ މިފަދަ މީހުންނަކީ ކަނލާގެކަމަށް ދައުވާކޮށް، ގަދަކަމުން ބަޔަކުލައްވާ އަޅުކަން ކުރުވާފައި ތިބި މީސްމީހުންނެވެ.
3 ކާފަރުންނަށް ހާއްސަ ނަންނަން: މިސާލަކަށް: George, Peter, ކަހަލަ ނަންނަން ކިއުން ހުއްދަ ނުވާނެއެވެ.
4 މީހެއްގެ ނަމުގެ ކުރިއަށް "عبد " ( އަޅު) މިބަސް ލައިގެން ކިޔާނަންނަން. މިސާލަކަށް عبد الحسين. عبد المسيح. އެއީ މާތް ﷲ ނޫންފަރާތަކަށް އަޅުކަން ނުކުރެވޭ ހިނދު، އެކަނލާގެ ނޫންފަރާތެއްގެ އަޅެއްގެ ގޮތުގައި މުސްލިމަކަށް ނުހުރެވޭނެ ކަމައްޓަކައެވެ.
5 ﷲގެ އިސްމުފުޅެއް އެއްވެސް އެއްވެސް މީހަކަށް ނުވަތަ އެއްޗަކަށް ކިޔުން ހުއްދަވެގެން ނުވެއެވެ. މިސާލަކަށް: މާތް ﷲ، الرحمن, الرحيم, العزيز, الغفور, الكريم އެވެ.
6 ރަސޫލްކަމަށް ދައުވާކޮށްގެން އުޅުނު ދޮގުވެރި ނަބިއްޔުންގެ ނަންތައް. މިސާލަކަށް مسيلمة الكذاب ކަހަލަ މީސްމީހުންގެ ނަންނަމެވެ.
...އިތުރަށް

ލަންދޫގެ ޚަބަރުތައް ހިމަނައިގެން ނެރޭ އޮންލައިން ވެބްސައިޓެއް ލަންދޫގައި ލޯންޗްކޮށްފި




ލަންދޫގެ ޚަބަރުތައް ހިމަނައިގެން ނެރޭ އޮންލައިން ވެބްސައިޓެއް އަނެއްކާވެސް ލަންދޫގައި ލޯންޗްކޮށްފިއެވެ. ނޫސްވެރިކަމަށް ލޯބިކުރާ ލަންދޫގެ ޒުވާންކުދިންކޮޅެއް އެކުވެގެން މިފަހަރު ލަންދޫގައި ލޯންޗްމިކުރި މިވެބްސައިޓްގެ އެޑްރެހަކީ www.holhuashi.info އެވެ. ހޮޅުއަށި.އިންފޯ ލޯންޗްކުރުމަށް ރޭ ބޭއްވި ޙަފްލާގައި ހޮޅުއަށި.އިންފޯ ލޯންޗްކޮށްދެއްވީ ލަންދޫއިންފޯގެ މަސްއޫލްވެރިޔާ އަލްފާޟިލް އަޙްމަދު ދާއޫދެވެ.
ރޭ މިވެބްސައިޓް އިފްތިތާޙްކުރުމުގެ ގޮތުން ލަންދޫ ހުރިވަރު ހޮޓެލްގައި ބޭއްވި ކުޑަރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހޮޅުއަށި.އިންފޯގެ މަސްޢޫލުވެެރިޔާ ނ.ލަންދޫ އަސްރަފީގެ ޢަލީ ޒިޔާދު ހާމަކުރެއްވީ މިވެބްސައިޓަކީ މީގެ ދެމަސް ކުރިން ބްލޮގެއްގެ ގޮތުގައި އެބޭފުޅުން ހިންގަމުން ގެންދިޔަ އޮންލައިން ނޫހެއްކަމުގައެވެ. އަދި 1 ނޮވެބްރ 2010 ވީ އާދިއްތަ ދުވަހަކީ ( މިއަދަކީ ) އެ ބްލޮގަށް ބަރާބަރު 2 މަސްވީ ދުވަސްކަމާއި ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ހީވެސްނުކުރާހާ ބޮޑުތަރުޙީބެއް ކިޔުންތެރިންގެ ފަރާތުން އެނޫހަށް ލިބިފައިވާ ކަމަށެވެ.

...އިތުރަށް

ފާރުތަކަށް އާ ލޯގޯތަށް އަރާނެބާ؟؟؟؟






މިހާތަނަށް މިރަށުގައި ބޭއްވުނު އެއްމެފޯރިގަދަ ހޮލިޑޭކަޕްގެ ފޯރިގަދަކަން ދަޑު ކައިރީގައި ހުންނަ ކެރެޓްގޭ ފާރަށް ބަލައިލުމުންވެސް އެގިގެން ދާނެއެވެ. ހަތަރު ޓީމްގެ ލޯގޯތަކުން މުޅިއެފާރުގައި ވަނީ ކުލަލެވިފައެވެ. މިއަހަރުގެ ހޮލިޑޭކަޕަށްބައެއް ކުލަބްތަކުން ބޭނުންކުރަމުން ދިޔަ ލޯގޯތަށް މިވަނީ ބަދަލުކުރެވިފައެވެ. އެހެންނަމަވެސް އެލޯގޯތަށް އަދި މިވަނީ ފާރަށް އަރާގޮތް ނުވެފައެވެ. ފާރުތަކުގައި މިއަދާ ޖެހެންދެންވެސް ފެންނަށް ހުރީ ކުރިން ބޭނުން ކުރި ލޯގޯތަކެވެ. އެއްޓީމަކުން ލޯގޯ ކުރަހައިފިއްޔާ މިކަންތައްރަގަޅުވާނެއެެވެ. އެއްކާޅަކު ގުއި ރީފިއްޔާ އަނެއްކާޅުވެސް ޖުއްލާބުކައިގެން ނަމަވެސް ސީލެވޭތޯ ބަލާނެއެވެ.
...އިތުރަށް