Monday, November 1, 2010

ދަރިންނަށް ނަން ކިއުން




ނަންތަކުގެ ތެރޭގައި ހުއްދަނަން، މަކުރޫހު ނަން. އަދި ކިޔުން ހަރާމް ވެގެންވާ ނަންތައް ވެއެވެ. އެހެންވެ ދަރިންނަށް ނަން ކިޔާއިރު އިސްލާމީ ޝަރީއަތުގައި ކިއުން ހުއްދަވެގެންވާ ނަމެއް ކިއުން މުހިންމުއެވެ.
ހ- ހުއްދަނަންތައް
1 މާތް ﷲ ގެ ހަޒުރަތުގައި ލޮބުވެތިކަން ބޮޑު ދެނަން. އެއީ عبد الله އާއި عبد الرحمن.
ހަދީސްގެ މާނަ: މާތް ﷲ ގެ ހަޒުރަތުގައި އެއްމެ ލޮބުވެތިވެގެންވާ ދެނަމަކީ عبد الله އާއި عبد الرحمن. ހަދީސް މުސްލިމް.
2 މާތް ﷲގެ އިސްމުފުޅުގެ ކުރިއަށް "عبد " ގެނެސްގެން ކިޔާނަން ނަން. މިސާލަކަށް : عبد الرحيم . عبد الكريم. عبد العزيز .
3 ނަބީބޭކަލުންގެ ނަންތައް.
ހަދީސްގެ މާނަ: ތިޔަބައި މީހުން ތިމަންކަލޭގެ ފާނުންގެ ނަމުން ނަންދޭށެވެ. އަދި ތިމަން ކަލޭގެ ފާނުންގެ كنية nickname ތިޔަބައި މީހުންގެ ދަރިންނަށް ނުކިޔާށެވެ.
4 ޝަހީދުންނާއި މާތް މީސްމީހުންގެ ނަންތަކާއި އިލްމުވެރިންގެ ނަންތައް.
5 މާނައިގެ ގޮތުން ރަނގަޅު، ރީތި ނަންތައް ..

ށ. މަކުރޫހު ނަންތައް ( މިބާވަތުގެ ނަން ކިޔުމަކުން އަޒާބު ނުލިބޭ، އަދި ނުކިޔުމުން ސަވާބު ލިބޭނެއެވެ.)
1 ހަޔަވާނުންނަށް ކިޔާނަންތައް. އެއީ އެނަން ރައްދުވާފަރާތައް ވެވޭ އިހާނަތަކަށް ވާތީ އެވެ. އެހެންވެ އިލްމުވެރިން ބުރަވަނީ ހަޔަވާނުންނަށް ކިޔާނަންނަތައް މުސްލިމުންނަށް ކިޔުން މަކުރޫހަވާނެ ކަމަށެވެ.
2 އެއްވެސް މާނައެއް ނެތް ނަންތައް. މިސާލަކަށް ޓަވަރ ، ފާރު ފަދަ ނަންތައް.
3 ނަމުގެ ފަހަތައް ދީން (الدين) އަންނަ ނަންތައް. މިސާލަކަށް ޝިހާބުއްދީން ، ކަހަލަ ނަންތައް. އެއީ އެމީހާގެ ޝަހުސައްވުރެ މަތިވެރި ކުރުވާ ނަންތަކަށްވާކަމަށް އިލްމުވެރިން ވިދާޅުވެއެވެ.
ދަލީލު: ރަސޫލު ﷲގެ ފާނު برة (Libra) ގެނަން زينب ޒައިނަބު އަށް ބަދަލް ކުރެއްވިއެވެ. އެއީ އެނަން އާވެ އާވެ ހުއްނަކަމައްޓަކައެވެ.
4 ނުބައި މާނަ އެކުލެވޭ ނަންތައް. މިސާލަކަށް : ހިތާމަ. ހިތްދަތިކަން. ކަހަލަ ނަންނަން.

ނ. ހަރާމް ނަންތައް.
1 ޝެހެންޝާހު. މާނައަކީ ރަސްރަސްކަލުންގެ ރަސްގެފާނު
ހަދީސްގެމާނަ: ނަންތަކުގެތެރެއިން މާތް ﷲގެ ހަޒްރަތުގައި ގަބޫލްވެ ވޮޑިނުގަންނަވާ ނަމަކީ ޝެހެންޝާހު އެވެ. މިނަމުގެ މާނައަކީ ރަސްރަސްކަލުންގެ ވެރިޔާއެވެ. މިހެންވެ މިމާނަ ދޭހަވާ އެހެނިހެން ނަންނަން ވެސް ކިޔުން ހުއްދަނުވާނެކަމަށް އިލްމުވެރިން ދެކިލައްވައެވެ. މިސާލަކަށް ސާހިބުންގެ ސާހިބާ ކަލަހަނަންނަމެވެ.
2 އަޅުކަންކުރުމަށް މީސްތަކުން ހަދައިގެން އުޅޭ ތަކެއްޗާއި، މީސްތަކުންގެ ތެރެއިން ކަނލާގެ ކަމަށް ހެދިގެން އުޅުނު މީސްމީހުންގެ ނަންނަމެވެ. މިސާލަކަށް Aphrodite, Apollo, Ares, Artemis, Athena, , Zeus ކަހަލަ ނަންނަން ކިޔުން ހުއްދަ ނުވާނެއެވެ. އެއީ މިފަދަ މީހުންނަކީ ކަނލާގެކަމަށް ދައުވާކޮށް، ގަދަކަމުން ބަޔަކުލައްވާ އަޅުކަން ކުރުވާފައި ތިބި މީސްމީހުންނެވެ.
3 ކާފަރުންނަށް ހާއްސަ ނަންނަން: މިސާލަކަށް: George, Peter, ކަހަލަ ނަންނަން ކިއުން ހުއްދަ ނުވާނެއެވެ.
4 މީހެއްގެ ނަމުގެ ކުރިއަށް "عبد " ( އަޅު) މިބަސް ލައިގެން ކިޔާނަންނަން. މިސާލަކަށް عبد الحسين. عبد المسيح. އެއީ މާތް ﷲ ނޫންފަރާތަކަށް އަޅުކަން ނުކުރެވޭ ހިނދު، އެކަނލާގެ ނޫންފަރާތެއްގެ އަޅެއްގެ ގޮތުގައި މުސްލިމަކަށް ނުހުރެވޭނެ ކަމައްޓަކައެވެ.
5 ﷲގެ އިސްމުފުޅެއް އެއްވެސް އެއްވެސް މީހަކަށް ނުވަތަ އެއްޗަކަށް ކިޔުން ހުއްދަވެގެން ނުވެއެވެ. މިސާލަކަށް: މާތް ﷲ، الرحمن, الرحيم, العزيز, الغفور, الكريم އެވެ.
6 ރަސޫލްކަމަށް ދައުވާކޮށްގެން އުޅުނު ދޮގުވެރި ނަބިއްޔުންގެ ނަންތައް. މިސާލަކަށް مسيلمة الكذاب ކަހަލަ މީސްމީހުންގެ ނަންނަމެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ދަރިންނަށް ނަން ކިއުން"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ