
ލިޔުނީ؛ ލައިބް
މިހާރު މިއުޅޭ ޒުވާނުންނަށް މިވާގޮތް ހަމައެއްގޮތަކަށްވެސް ނުވިސްނެއެވެ. އަނެކުންނަށް ކަންދެއްކުމާއި ގޮތްދެއްކުން މިހުންނަނީ ސުމާރެއްވަރަކަށްނޫންތާއެވެ؟ ތިމާގެ ހުންނަފޮނިކަމާއި ގަދަކަން ނުވަތަ ބޭޑްކަން މިހާރުގެ ގޮތަށް ބުނާނަމަ ގަޓްކަން ދެއްކުމަކީ ތިމާޔަށް ލިބޭ މޮޅުކަމެއްކަމަށް ހަދައިގެންނެވެ.
މިއަދު ތިޔަކިޔުންތެރިންނާއި ހިއްސާކޮށްލަން މިއުލޭނީ މިދެންނެވިކަހަލަ ތިމާގެ ގަޓްކަން ދައްކަން މަސައްކަތް ކުރި މިއަތޮޅު ރަށެއްގެ ޒުވާނަކަށް ދިމާވި ވާނުވާކަމެއްގެ ވާހަކައެވެ. މިއީ ދާދިމިދާކަތް ދުވަހު މާލެއިން މިރަށަށްއައި ދަތުރު މަތީގައި މިރަށު ޒުވާން ކުދިބަޔަކާއި ދިމާވި ކުއްޖެކެވެ. މިބުނާ ޒުވާނާ ހުރީ ބޮލުގެ އިސްތަށިގަޑު ދިގުކޮށްފައެވެ. އަދި ލައިގެން ހުރި ސޯޓްވެސް ހުރީ ދޫކަމުން ފޫކޮޅުގެ ޅިދުން ދިރިޔަށް ފާބާ ލައިގެން ހުރި ބޮކްސާވެސް ފެންނަވަރުގައެވެ. މީހުންގެ ލޯތަކަށް މީނާޔަކީ "ޕާޓޭ" އެއްކަން ދެއްކުމަށް ވަރަށް ގަދަޔަށް މަސައްކަތް ކުރާކަން އަޅާފައިވާ ހެދުމުންވެސް އެގިގެން ދެއެވެ. އިރުއިރުކޮޅާ ލައިގެން ހުރިސޯޓް މައްޗަށް ޖައްސާލާފައި ތިރިކޮށްލައެވެ. މޫނުމަތި ކިތަންމެ ގަދަޔަށް ބޮއިގެން ހުރިގޮތެއް ފެންނަށް ހުއްޓަސް އެއީ ހުސްފޭކްކަން ވަރަށް ރަގަޅަށްއެގެއެވެ. މިބުނާ ސޮރު އަބަދުވެސް ހުންނަނީ ބޮޅުގެ އެތަށް މިތަނަށް ދަމާލަދަމާލައެވެ.

ދަތުރު ފެށިތާއިރުކޮޅެއްނުވަނިސް ލައްކަފޮނިކަޑާ ގިނަ އަދަދެއްގެ ކަރާފަޅާފައިވެއެވެ. ލޮލަށް އަންނަ އަޅިން ކިރިޔާ އެތާ ތިބެވެނީއެވެ. " ކަލޯ .... މަމިހުރީ ބަކާޑިފުޅިއެއް ޖަހާލައިގެން، މަ ވަރަށް ގަދަވާނެ މާލޭގެ ކޮންމެ ހިސާބަކަށްވެސް" މިއީ މިބުނާ ސޮރު ފޮނިކަޑަމުން ދައްކަމުން ދިޔަ ވާހަކަތަކެވެ. ވާހަކަދައްކަމުންދިޔައީ ވަރަށް ގަދަޔަށް ބޯލައިގެން (ޖައްސާއިގެން) ހުރި މީހެއް ވާހަކަ ދައްކާގޮތަށެވެ. ކޮނުންކޮނުންހެން ފަސްގިނަވާނެތާއެވެ. މިސޮރަށް ހީވަނީ އަހަރެމެންނަށް އެކައްޗެއްވެސް ނޭގޭ ކަމަށެވެ. އަހަރެމެން އެސޮރުދައްކާ ވާހަކަޔަށް ބޯޖަހާލަޖަހާލަ ތިބީމެވެ.
މިބުނާސޮރު އެޔެމިޔެއްނުބާލަ ފޮނިކަދަމުންދެއެވެ. ވާނީވެސްއެހެންތާއެވެ. އެސޮރުއެއިނީ ސަބައްޑި ފުޅިއެއްޖަހާލައިގެންވިއްޔާއެވެ. މިސޮރު މާވަރަކަށް ފޮނިކަޑަމުންދާތީ އަހަރެމެންގެ ތެރެއިން ކުއްޖަކު ބުނެލިއެވެ. " އަހަރެމެން އަތުގައި އެއްޗިހި އެބަހުރި، އެކިވައްތަރުގެ ވައިންވެސް އެބަހުރި. އަހަރެމެން އުޅެނީ ސަފާރީއެއްގަ " މިހެން ހަމަބުނުމާއެކު އެއްކަލަ ގޮލަބުނެލިއެވެ. " އޭނެއްތަ ސޮޓެއްކަޑާލެވޭވަރަށް މަށަށް ދެވޭކަށް" މީނާ މާމޮޅުވެފައި ފޮނިކަޑާއިރު އަތުގައި އިސްތައްޓެއްހާ ހިސާބްވެސް ނެތެވެ. ބޮއިލާނެ ސިގިރޭޓެއްހާ ހިސާބުވެސް ނެތެވެ.
މިހެން ބުނުމުން އަހަރެމެންގެ ތެރޭގައިން ކުއްޖަކު ބުނެލިއެވެ." އޭ... އަންނާނަށް ފާހާނަ ގޮސްރެޑީކޮށްލައިގެން" މިހެން ބުނެ އަތުގައި އޮތް ކޯކް ފުޅިހިފައިގެން ވަދުނީ ބޯޓްގެ ފާޙާނާތެރެއަށެވެ. މާގިނައިރެއްނުވަނީސް އައިސްދިއްކޮއްލީ ކޯކްފުޅިއެވެ. އޭގެތެރެއަށް ހުރީ ވައިންއަޅާ ވަރަށް ރަގަޅަށް އެއްކޮއްލާފައެވެ. ފުޅިތެރޭގައި ކޮއްމެވެސްވަރަކަށް ފޮނުހެދިފައި ހުއްޓެވެ. ފުޅީގެ މަތި ނެގިތަނާ އަރައިގަތީ ފާޑެއްގެ ވަހެކެވެ. އެއްކަލަސޮރު ފާޑަކަށް ހީގެންފަ ދެތިން ކޯވަރު ދަމާލާފައި ބުނެލިއެވެ. " އޭ.. ކަލޯ މީކޮންކަހަލަ ވައިންނެއް، އަދި ދުވަހަކުވެސް މިކަހަލަ ވައިންއެއް ނުބޮން. މީގަ ދުވަނީ ވަރަށް ސަޅި ވަހެއް "މިހެން ކިޔާ ފުޅިވަރު ބޮމުން ދިޔައެވެ.
ފުޅިވަރު ނިމުމަކަށް ދިޔައިރު އެސޮރަށް ކިރިޔާ ކޮޅަށް އިދެވޭކަމެވެ. '' ކަލޯ މިހާރުވަރަށް ސަޅި، ސިގިރޭޓެއް ޖަހާލާއިރަށް އާވޭ...." މިހެން ބުނި އިރުވެސް ކައިރީގައި ތިބި ހުރިހާ މީހުންވެސް ތިބީ ބަޑަށް ހީހީ އެވެ. ނުހެވެންވީ އެއްވެސް ސަބަބެއް ނެތެވެ. މިފަހަރު މިއޮތީ ހިންޔަށް ހަކުރު އޮޅިފަތާއެވެ. ސަބައްޑިމޭން އަށް ސަބައްޑިކަމަށް ހީކޮށް މިބޮވުނީ ގޮރާކޯކާ އެއްކޮށްގެންނެވެ. މީގޭން ދުވާނީ ކިހާ ސަޅިވަހެއްތާއެވެ. ގޮރުބޮއިގެން ނައިސްވާކަން އަދި މިއެގުނީއެވެ. ތިބާގެ މޮޅުކަމާއި ގަޓްކަން އަނެކުންނަށް ދައްކަން އުޅޭ ކޮންމެމީހަކަށްވެސް މިކަހަލަ ކަމަކާއި ކުރިމަތި ލާންޖެހުމަކީ ދުރުގައިވާ ކަމެއްނޫނެވެ.
0 ޚިޔާލު: on "ވާނުވާ ސަބައްޑި މޭން "މަމިހުރީ ސަބައްޑި ޖަހައިގެން""
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ