ލަންދޫ ސުކޫލުގެ އިންޓަ ހައުސް ފުޓްބޯޅަ ލީގު ދެވަނަ މެޗު މިއަދު އޮންނާނެވެ. މިއަދުގެ މެޗުގައި ބައްދަލު ކުރާނީ ދޮށިމޭނާ ހައުސް އާއި ސިއްތި މާވާ ހައުސްއެވެ. މިއަދުގެ މެ ޗަށް ދެޓީނު ނުކުނައިރު ސަސަޕެންސަނުގެ މައްސަލައިގައި ވަރަށް މުހިއްމު ކުޅުން ތެރިންތަކަކަށް ނުކުޅެއެެވެ. ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ ދޮށިމޭނާ ހައުސް މިއަދުގެ މެޗަށް ނުކުންނަ އިރުު ކުރީ މެޗުގައި ހެޓްރިކް ހަދާއި މޮޅުކުޅުން ތެރިޔާގެ މަގާމު ހޯދައިފައިވާ ހުމަރުވެރި ފޯވާޑް އަހުމަދު އާޒިމް ވަނީ ސަސްޕެންޑް ވެފައެވެ.
ކޮންމެ ދަރިވަރަކުވެސް މިލީގުގައި ކުޅުމަށްޓަކައި ޓެސްޓް ތަކުން %40 މާކުސް ހޯދާއި އަހުލާގީ އެއްވެސް މައްސަލަ އެއް ދިމާނުވާ ކަހަލަ ގޮތަކަށް ކުލާސް ތެރޭގަޔާއި ބޭރުތެރޭގައި އުޅުން ބަހައްޓަން ޖެހެއެވެ. ގިނަ ކުދިން ތަކެއް މިމެޗުން ސަންޕެންޑްވީ އެންމެ ފަހުން ނެގި ޔުނިޓް ޓެސްޓް ތަކުން %40 ނުލިބުމުގެ ސަބަބުންކަމަށް ހައުސް ތަކާއި ހަވާލުވެ ލައްވައިގެން ތިބި ހައުސް މިސްތަރެސް އިން މައުލޫމާތު ދެއްވިއެވެ.

0 ޚިޔާލު: on "ލަންދޫ ސުކޫލުގެ އިންޓަ ހައުސް ފުޓްބޯޅަ ލީގުގެ ދެވަނަ މެޗު މިއަދު އޮންނާނެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ