Thursday, May 27, 2010

މިލަދޫން ވަގަށް ނެގި ކެޔޮގަނޑު ލަންދޫއިން ފެނިއްޖެ



މިލަދޫ ކުއްޖަކު ގެއްލިގެން އުޅޭކަމަށާއި އަދި އެކުއްޖާ ލަންދޫގައި ހުރިތޯ ބަލައި ދެއްވުމަށް މިލަދޫ ކައުންސިލާރ ލަންދޫ އޮފީހަށް ގުޅުއްވައި އެދެފިއެވެ. އެކަން ކުރި ލަންދޫ ދެކުދިން ( އުމުރުން 43 އަހަރުގެ އާއި 67 އަހަރު) މިހާރު އެމައްސަލައިގައި އޮފީހަށް ހާޟިރު ކޮށްފިކަމަށާއި އަދި އެމީހުންނާއި ސުވާލު ކުރުމުން އެމީހުން ވަނީ އެކަން ހިގާ ދިޔަ ގޮތް ވަރަށް ރަގަޅަށް ކިޔާއިދީފައި ކަމަށް ލަންދޫ އޮފީސް ހިންގެވުމާއި ހަވާލުވެ ހުންނެވި ހިންގުންތެރި ބޮޑު ކަތީބު އަލްފާޟިލް ހަސަން ނަސީރު މައުލޫމާތު ދެއްވަމުން.

" އަހަރެމެން މިލަދޫން ފުރަން އުޅެނިކޮށް ކުއްޖަކު ބަދަރުގައި ރޯން ހުރި. އަހަރެމެން ކައިރި އެކުއްޖާ އެދުނީ މިރަށަށް ގެނެސްދީ ކާންދިނުމަށް. އެހެންވެ އަހަރެމެން ގެނައީ " އެދެކުދިންނާއި ވަރަށް ނުކިއްސަރު ގޮތަކަށް ތިބެ ބުނިކަމަށް ލަންދޫ ހެޑްލައިންސް އަށް މައުލޫމާތު ދެއްވަމުން ބޮޑު ކަތީބު އަލްފާޟިލް ހަސަން ނަސީރު ހާމަ ކުރެއްވިއެވެ.

މިހާރު ގެއްލުނު ކުއްޖާ އިނީ ބޮޑު ކަތީބު ހަސަން ނަސީރު ގެ ކޮޓަރި ކޮޅުގައެވެ. އެމައްސަލަ ވަކި ގޮތަކަށް ނިންމާ ފޮނުވާލުމަށް ތައްޔާރު ވަނީ އެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މިލަދޫން ވަގަށް ނެގި ކެޔޮގަނޑު ލަންދޫއިން ފެނިއްޖެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ