
ވަކި އަދަދަކަށް ކުދިން ލިބުނީތީވެ ނުވަތަ އިތުރަށް ކުދިން ހޯދަން ބޭނުން ނޫން ދެމަފިރިއަކު އިތުރަށް ކުދިން ލިބޭތޯ މަސައްކަތް ކުރުމަކީ ވާޖިބެއް ނޫނެވެ. އަދި އެމީހުން ދަރިން ބޭނުން ނޫން ނަމަ ދޭތެރެ ދުރު ކުރުމުގެ ވަގުތީ ވަސީލަތް ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ނުވިހާ އޮޕްރޭޝަން ކުރުމަކީ މާތް ﷲ އުފެއްދެވި އެކަލާނގެ ޚަލްގު ބަދަލު ކުރުމެވެ. އެއީ ޖާއިޒް ކަމެއް ނޫނެވެ. އަދިކިޔެއް އެއީ ލަޢުނަތް ލިބިގެންވާ ކަމެކެވެ. އެފަދަ ކަމެއް ކުރުން ހުއްދަ ހަމަ އެކަނި ހާލަތަކީ މައިމީހާގެ ފުރާނަޔަށް ނުރައްކާ ވާނެ ކަމުގައި ޑޮކްޓަރުން ހީކުރުމެވެ. އެނޫން ހާލެއްގައި އިސްވެ ދިޔަ ސަވާލުގައި ވާފަދަ ކަމެއްގައި ނުވިހާ އޮޕަރޭޝަން ކޮށްފި މީހަކީ އަނިޔާވެރިވެއްޖެ މީހެކެވެ. އެފަދަ ކަމެއް މީހަކު ކޮށްފި ނަމަ ތައުބާވުން ލާޒިމުވާނެއެވެ
މިއުންމަތުގެ ނަސްލު ގިނަވުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފާކުރަށްވާ ކަމެކެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމެކެވެ. އެހެންކަމުން އެކަލޭގެފާނު އިރުޝާދު ދެއްވާފައިވަނީވެސް ގިނައިން ވިހާކަހަލަ އަންހެނުންނާ ކައިވެނި ކުރުމަށެވެ. ވީމާ ޟަރޫރަތަކާނުލާ ނުވިހާ އޮޕަރޭޝަން ކުރުމަކީ ޙަރާމް ކަމެކެވެ.
0 ޚިޔާލު: on "ނުވިހާ އޮޕަރޭޝަން ކުރުމަކީ ދީނީގޮތުން"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ