
ލަންދޫ ސޮކަރ ޔަކީ ރަށުގެ ޒުވާނުން އެންމެ ޝައުޤުވެރިކަމެއް ބަހައްޓަމުން އަންނަ ކުޅިވަރުން ތާޒާ މަޢުލޫމާތުތައް ގެނެސް ދިނުމުގެ އިތުރުން ރަށުން މިކުޅިވަރާއި ގުޅޭގޮތުން ހޯދެންހުރި ތާރީޙީ ހޯދުންތައް ހޯދާ ތާރިޙަށް ޓަކައި ރައްކާތެރިކޮށް ދިނުމުގެމަގުސަދުގައި މޫސަ ހުސެއިން ( މިހާސް ) ދާދި ފަހުން ހުޅުވި ބުލޮގެކެވެ. މިބުލޮގް މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި މިވަނީ ވަރަށް ކުރިއަރާ ގޮސްފައެއެވެ. މީހުންގެ މަގުބޫލް ކަން އަތުލައިގަންފައެވެ. ކުރެވުނު ބުރަ އަގުހުރި މަސައްކަތުން ކަން ޔަގީނެވެ. ފުޓްބޯޅަ މެޗުތައް ފެށިގެން ގޮސް ނިމެން ދެން ގެނެސްދީފައިވާ ގޮތްތަކާއި ތާޒާ ފުޓޯތަކުގެ ސަބަބުން ރަށުން ބޭރުގައި ތިބޭ ހުރިހާ ފަރާތް ތަކުން ދަނީ އެހެން ހުރިހާ ރަށުގައި ހެދިފައިވާ ސައިޓްތަކަށާއި ބުލޮގް ތަކަށް ވުރެ އިސްކަންދެމުންނެވެ.

އެހެން ނަމަވެސް ތާރީހު އޮޅޭ ފަދަ އިބާރާތްތައް މިހާރަކަށް އައިސް ބޭނުން ކުރަމުންދާތީވެ ، މިހާރު މިބުލޮގަށް ދަނީ ތަފާތު ފާޑު ކިޔުންތައް ކިޔަމުންނެވެ. ލިޔެސް ޖަމުއްޔާއިން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މެޗުތައް އޭރުވެސް މިހާރުވެސް އަންނަނީ ލިޔެސް ގެ ޓީމުން ކުޅެމުންނެވެ. އެހެން ނަމަވެސް ލަންދޫ އިނފޯގެ ގަޔާއި ސޮކާރ ގައިވަނީ " މިހާރު ލަންދޫގައި ފެށިގެން ކުރިއަށްދާ އެކުވެރި ކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން މިއަދު މާޅެންދޫ އާއި ބައްދަލް ކުރި މެޗުގެ ފަހުހާފުގައި " ލިޔެސް " ގެ ނަމުގައި ނިކުތް ލަންދޫޓީމުންވަނީ ވަރަށް މޮޅު ހުނަރުވެރި ކުޅުމެއްދައްކާފައެވެ" އެވެ. ދިވެހިރާއްޖެއިން ނުކުތް ޓީމެ ދެންނެވި ނަމަ އަދީ މާރަގަޅު ވާނެ ކަމަށް އަޅުގަޑަށް ފެނެވެ. އަދި މިގޮތަށް ބައެއްފަރާތް ތަކުން ލިޔަމުން ދާތީވެ އެންމެ ފަހުން ބޭއްވުނު މީޓިންގައިވެސް ވަނީ މިކަމާއި ބެހޭ ހުރިހާ މައުލޫމާތުތަކެއްދީ ފައެވެ.
އަޅުގަނޑު ވަރަށް އާދޭހާ އެކު މި އެދެނީ ތިޔަ ކުރަމުންދާ އަގުހުރި މަސައްކަތް ތައް އަގު ހުރި ގޮތުގައި ކިޔުންތެރިންނާއި ހިސާބަށް ފޯރު ކޮއްދިނުމަށެވެ. އަދި ތާރީހަށް ޓަކައި ކުރައްވަމުންދާ މަސައްކަތް އޮޅުވައި ނުލައްވާ އަންނަން އޮތް ޖީލުތަކަށް ގެންގޮސް ދިނުމަށެވެ. ލިޔެސް ޖަމުއްޔާގައި ތިބި ތިމާޔާއި ރުޅި މަދު ބައެއް ރުޅި އެރުވުމުގެ ބަދަލުގައި ލިޔެސް ޖަމުއްޔާގައި ތިބި ތިމާއަށް އިހުތިރާމް ކުރާ ފަރާތް ތަކަށް ވިސްނާލުމަށެވެ.
އަދި ޒާތީ ހަސަދަ ބޭލުމަށް ބުލޮގް ބޭނުން ކުރާނަމަ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބުލޮގް ފައިމަށްޗަށް ވެއްޓި ދުޅަވާން ފަށާފާނެވެ. ލިބިފައިވާ ޒުވާނުންގެ ތާއީދާއި އެއްބާރުލުން ހުޅަނގުގެ ވަޔަށް ވެދާނެ އެވެ..
0 ޚިޔާލު: on "ތާރީހައްޓަކައި ތިޔަ ކުރައްވަމުންދާ އަގު ހުރި މަސްއްކަތް އޮޅުވައި ނުލައްވާ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ