
އެމްޓޫ އަކީ ލަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބިޑް ކާމިޔާބު ކުރުމަށްޓަކައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. މިކުންފުނީގެ މެނޭޖާރ އަކީ ސަލީމް ހުސެއިން ( މެއްޑޯ ) އެވެ.
ސަލީމް ހުސެއިން ( މެއްޑޯ ) ދަނީ ކުންފުނީން ހުށައެޅި ބިޑްގައިވާ ގޮތަށް ކަންތައްތައް ކުރަމުންނެވެ. މީހުންނަށް ދަނީ ފެންނަމުންނެވެ. ވަކި ހާއްސަ ޔުނީ ފޯމެއްގައެވެ. ކާޑު ޖީބުގައި ޖެހިފައެވެ. ބޫޓަށް އަރައި ވަރަށް ޑީސެންޓު ކޮށްތިބޭ އެމް ޓޫގެ ޑިއުޓީ އޮފިސަރުން ބައެއް މީހުން ސިފަކުރަނީ ރަތް ފިނިފެން މަލެއްގެ ގޮތުގައެވެ.
އެމްޓޫ ގެ މާނަޔަކީ މަޖޫ އެންޑް މެއްޑޯ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. ދެމީހުންގެ ހިއްސާ އެއްވަރަކަށް ވާނެ ކަމަށް ބައެއް ފަރާތް ތކުން ތުހުމަތު ކުރެއެވެ.
މިކަމާއި ސުވާލު ކުރުމުން މެއްޑޯ ބުނީ އެއީ އިދި ކޮޅު މީހުން ކަމަށެވެ.
މިކަން އޭނަޔަށް ލިބުމުން ހަޖަމް ނުކުރެވޭ މީހުން ކަމަށެވެ. އަސްލު މާނަޔަކީ މެއްޑޯ މަލްޓިޕާރ ޕޯސެވެ.ކޮންމެ އަކަސް ކޮމްޕެނީގެ މަސައްކަތް ފެންނަނީ ވަރަށް ފޮނިކޮށެވެ. ވަރަށް ފައްކަލެވެ.
0 ޚިޔާލު: on "އަސްލު މާނަޔަކީ މެއްޑޯ މަލްޓިޕާރ ޕޯސެވެ."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ