Sunday, June 27, 2010

ލިޔެސްގެ ޓީމުނެގުމުގައި ގޭ މީހުންނަށް އިސްކަންދީފަކާ ނޯންނާނެ- ޔޫއްޓޭ




ލިޔެސް ޓީމުނެގުމުގައި އަހަރެން ބަލަނީ މޮޅު ކުޅުންތެރިންނެގުމަށެވެ. އަދި ކުޅުންތެރިންނާއި ވާހަކަ ދައްކައިގެން އެއިރެއްގައި ލަންދޫގައި އޮތް އެންމެ ރަގަޅު ޓީމެއް މިހާތަނަށް މިއައީ ނަގަމުންނެވެ. އެއްގޮތަކަށްވެސް ގޭ މީހުންނަށް އިސްކަން ދޭކަމަށް އެއްވެސް މީހަކު މިހާތަނަށް ސަކުވާއެއް ކޮށްފައި އެއްނުވެއެވެ.
އަދި ހިޔާލެއްވެސް ދީފައެއް ނުވެއެވެ. ލިޔެސްގެ ޓީމުގައި އަހަރެންގެ އެއްބަނޑު 3 ކުޅުންތެރިންނައި އާއިލާގެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމެނޭ ކަން ހުދު އަހަރެވެސް ގަބޫލު ކުރަމެވެ. ކޮންމެ މީހަކު މިހާރު ލަންދޫއިން ޓީމެއް ނެގިޔަސް މިކުޅުންތެރިން ހިމަނާނެވެ. އެއީ ކުޅުންތެރިންގެ ކުޅުމަށް ބަލާފައެވެ. އެއީކީ ނުފޫޒު ގެ ބޭނުން ކޮށްގެނެއް ނޫނެވެ.
މިކަން ހުރިހާ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް އެގޭނެވެ.
އެހެން ނަމަވެސް ލިޔެސް ޓީމު ނެގުމުގައި ހިތްޕުޅާވާ ބޭފުޅުން ނަގާ ވާހަކަ ވަނީ ލަންދޫ އިންފޯގައި ސާއިރުކޮށްފައެވެ. މިކަން އަހަރެން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.
އެއާޓިކްލްގެ ބޭނުމަކީ އަހަރެމެންގެ ތެރޭގައި މިއޮތް އެކުވެރިކަން ރޫޅާކުދިކުދި ކޮށްލުން ކަމަށް ވާނަމަ ބުނެލަން އޮތީ އަދި އެކަންވާން ނެތް ވާހަކަ އެވެ. އާޓިކަލްގެ އިބާރާތްތަށް ހުރި ގޮތުން އަހަރެންނަށް ސިފަ ކުރެވެނީ ލިޔެސް ޓީމްގެ ތެރޭގައި މައްސަލަ ތަކެއް އުފެއްދުމުގެ ބޭނުމުގައި ލިޔެފައި ވާހެންއެވެ. އެއީ ކަމެއް ރަގަޅު ކުރުމުގެ ބޭނުމުގައި ލިޔެފައި ވާ އާޓިކަލެއް ކަމަށް އެއްވެސް މީހަކު ދެކޭނެ ކަމަކަށް އަހަރެން ނުދެކެމެވެ.

ބިނާކުރަނިވި ފާޑުތަކަށް އަހަރެންވެސް އަދި ލިޔެސްގެ ޓީމުން އަބަދުވެސް މަރުހަބާ ކިޔާނަމެވެ. އެހެނަސް ޒުވާނުންނާއި އަހަރެން ޖެއްސުމުގެ ބޭނުމުގައި ތިޔަ ކަހަލަ ހަޑި ނުހޭވުމަށް އަހަރެމެންގެ އުސްތާޒުންނަށް ނަސޭހަތްތެރިވާން ޖެހޭކަމަށްޓަކައި ހިތާމަކޮށް ދެރަވަމެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލިޔެސްގެ ޓީމުނެގުމުގައި ގޭ މީހުންނަށް އިސްކަންދީފަކާ ނޯންނާނެ- ޔޫއްޓޭ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ