
ލަންދޫ އަކީ މިހާރު ދަނޑުވެރިކަން ކުރާ ވަރަށްގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންގެންދާ ރަށެކެވެ. ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) އިން ކުރި ބުރަމަސައްކަތުން މިއަދު މިވަނީ ދަނޑު ހައްދާ މީހުން ގިނަވެފައެވެ. ގޯތިތެރޭގައި ތަފާތު ގަސް އިން ދުން ގިނަވެފައެވެ.
ނ.ލަންދޫ ފައިސަލްއާބާދު އަކީ މީގެ ނަމޫނާ ގެއެކެވެ. މުޅިގޯތިތެރޭގައި ވަނީ ތަފާތު ވައްތަރުގެ ގަހެވެ. ވަރަށް މަދުން ނޫނީ ނުފެންނަ ގަސްވެސް މިގޭގެ ގޯތިތެރެއިން ފެންނަން އެބަހުއްޓެވެ. އެއީ އޮރެންޖު ގަހެވެ. މިގަހުގައި މިހާރު ވަނީ ދެ އޮރެންޖު އަޅައިފައެވެ. ޖުމުލަކޮށް ހުރިހާ ވައްތަރެއްގެ ގަސްތައްވެސް ވަރަށް ރަގަޅެވެ.
މިމަސައްކަތް ކުރަމުންދާ ފަރާތާއި ވާހަކަ ދެއްކުމުން އެގިގެންދިޔައީ މިގަސްތައް ހެދުމަށް އެއްވެސް ކަހަލަ ބޭހެއް ބޭނުން ނުކުރާކަމެވެ. ގަސްތައް ރަގަޅުވާ އެންމެ ބޮޑު ސަބަބަކީ ލަންދޫ ސުކޫލުގެ ބިއްދޮށުން ގެނައި ވެލިތަކެއްގެ ވަރުގަދަ ކަމުން ކަމަށް ވެސް އަހުމަދު ފައިސަލް ( ފައިބެ) މައުލޫމާތު ދެއްވަމުން ފާހަގަ ކުރިއެވެ.
ދަނޑުވެރިކަންކުރާނެ ގޮތް ދަސްކޮށްދެއްވާ ޢަމަލީ ގޮތުން ދަނޑުވެރިކަމުގެ ނަމޫނާ ދަނޑެއް ތަޢާރަފް ކޮށްދެއްވާފައިވަނީ މިދިޔަ އަހަރުއެވެ.

ނަމަވެސް މީގެ ކުރިންވެސް ކޮށްމެސް ސިފައެއްގައި އަމިއްލަ ފަރުދުންއައީ މިފަސްގަނޑުގައި ދަނޑުވެރިކަން ކުރަމުންނެވެ. ހަމަ އެހެންމެ ދަޑުވެރިކަމުން އުފައްދާ ބައެއް އާލާތްވަނީ ރަށަށް ވިއްކާފައެވެ. ނަމަވެސް މިއީ ނިސްބަތުން ވަރަށް މަދު އަދަދެކެވެ.
ޙަޤީގަތުގަވެސް ދަނޑުވެރިކަމަކީ ރަށުގައިތިބެ ވަރަށްބޮޑު ނަފާއެއް ހޯދި ދާނެ ރަނގަޅު މުސްތަޤްބަލްއެއް އޮތް މަސައްކަތެއްކަމީ މިއަދު ރަށުގެ އެންމެހައި ރައްޔިތުންނަށްވެސް އެގޭ ކަމެކެވެ. މިކަމުގެ ހެއްކަކަށް ރަށުގެ ގިނަ ބައެއްގެ ވިސްނުމާއި ފިކުރު ދަނޑުވެރިކަމާއި ދިމާލަށް މިސްރާބު ޖަހާފައިވާ ޖެހުން ފުދެއެވެ
0 ޚިޔާލު: on "ލަންދޫގައި ހުރި ގަހެއްގައި އޮރެންޖް އަޅާއި ދޮންވެއްޖެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ