
ލިޔުނީ ؛ ސޮޕަޓޭ
ކުރާނެކަމެއްނެތެވެ. ވީކަމެއް ނުވާކަމަކަށް ހަމަގައިމްވެސް ނުވާނެއެވެ. ލިޔެސް އޮންލައިން ހެކްކުރީއެވެ. ފަހަރުގާ ބަޔަކު މޭކަރައިގަނެގެން ނޫނީ ހިތަށް އުނދަގޫވެގެންނެވެ. ފަހަރެއްގައި ޖޭ ވެގެންކަމަށްވެސް ވެދާނެއެވެ. އޮޅިންގެންވެސް ބައެއްފަހަރު މިކަހަލަ ކަންތައްތައް ވެފައި އެބަހުއްޓެވެ. މައްސަލައެއްނެތެވެ. އެކުރިބަޔަކު އެކަން އެކުރީ އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ހުއްޓުވަން ނޫނީ އަޅުގަނޑުމެންނަށް ލަނޑެއްދިނުމުގެ ބޭނުމުގަކަން ހަމަ ކަށަވަރެވެ.

ފަހަރެއްގައިވެސް އެހެނެއް ހަމަހިލާ ނުވާނެއެވެ. ނުވާނެ ސަބަބު ބުނެދެންހެއްޔެވެ. ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ސައިޓް ހެކް ކުރެވުނަސް އަޅުގަނޑުމެންގެ ކިބައިގައިވާ އެކުވެރިކަމެއް ހަމަ އެކަކަށްވެސް ހަމަ އެކަކަށްވެސް ހެކެއް ނުކުރެވޭނެއެވެ. އަޅުގަނޑުމެންގެ ހިތްވަރާ ގަދަ އަޒުމަކަށް ކުޑަކޮށްވެސް ލޮޅުމެއް ނޭރުވޭނެއެވެ. ކިޔަވައިގެން ތިބި ޒުވާނުންނާއި ފަންނުވެރި ކުދިންވެސް އެބަތިއްބެވެ. ނުލަފާ ވާޖެހޭ ހާލަތްތަކުގައި ނުލަފާވާން އިނގޭ ކުދިންވެސް ހަމަ އެބަތިބިމެއެވެ.

ރަށްފުށުގައި ބޮޑެތިވި ކުދިންނާއި މާލޭ ތޮށިގަނޑުމަތީ ބޮޑެތިވެފައިތިބި ކުދިންވެސް މަދެއްނޫނެވެ. ކަސްޓަމްދޮށުގައި އުޅޭކުދިން މަދުނަމަވެސް ރިޒޯޓް ތަކުގައި ނަގިލިދަމަން އުޅޭކުދިންވެސް ފުދޭވަރަކަށް ގިނައެވެ.
ކޮންމެތާކު ކޮންމެކަމެއް ކުރިޔަސް ހެވެއްނޫންހެއްޔެވެ. މީގެތެރޭ މީހަކަށް ދޫކުރާނެ މީހަކު ނުހުންނާނެއެވެ. އެކަމެއް ހާސިލުކުރަން ކުރަން ޖެހިއްޖެ ކޮންމެކަމެއް ލަހެއްފަހެއް ނެތި ކުރާނެކަން ހަމަ ޔަޤީނެވެ. އަދި އެންމެ ސައިޓެއް ހެކް ކުރިޔަސް ހަމައެކަކުވެސް މޭކަރައިގަނެން ފިލާ ރައްކައެއްނުވާނެއެވެ. އަދި ކުރާ ކަމެއް ހުއްޓައެއްވެސް ނުލާނެއެވެ. އެއްސައިޓް ކީއްކުރަންހެއްޔެވެ، ސަތޭކަ ސައިޓްވެސް ކިތަންމެ ބައިވަރު ޙަރަދު ކޮށްގެންވެސް ހަދާނެއެވެ.އެއްހަރުން ދެވަނަފަހަރަށް ކަށިޖަހައިދާނެތީ ދެން އަހަރެމެން މިކަން ކުރާނީ ހޭބަލައިގެންނެވެ. ކޮންމެއަކަސް މިއީވެސް ހަމަ ތަޖުރިބާއެވެ. ދުނިޔޭގައި އުޅޭއިރު މިކަހަލަ އެތައް ކަމެއް ތަޖުރިބާކުރަންޖެހޭނެކަން ދެނެތިބީމެވެ. މިހާތަނަށް އައިއިރު މިކަހަލަ އެތައް ގޮންޖެހުމަކާއި ކުރިމަތިލައިފީމެވެ. އަޅުގަނޑުމެންގެ ހިތާއި އަތްފައި ސަލާމަތުން ހުރިހާ ދުވަހަކު ފިސާރި ކެރިތިބެ މިކަން ކުރާނަމެވެ. ދަންނަވަންތޯއެވެ، މި ލީޑާރޝިޕް ފެށިގެން އައީ އިއްޔެއަކު މިއަދަކު ނޫނެވެ. އަޅުގަންޑުމެން ނުހަނު ތުއްޕުޅުއިރުންފެށިގެން މިކަންކަން މިއަދާއި ހިސާބަށް މިއައީ ޕްރެކްޓިސް ކުރަމުންނެވެ.
މިސްކިތު ގޯޅިން،ކޭޑީ އަދި ޑީކޭ ގުރޫޕާއި ހިސާބުންނެވެ. ރިއަލް ކޭޑީ އަދި އިންވޭޑާރސް އާއި ހިސާބުންނެވެ. އޭރުވެސް ލީޑް ކުރި މީހުން މިތިބީ ހަމަ މިހާރުވެސް ލީޑަރޝިޕްގައެވެ. މިދައުރުގެ ޢިއްޒަތްތެރި ރައީސް ހަފްސީ އަބްދުﷲ އަކީ އޭރު ޑީކޭގެ ހުންގާނުގައި ހުންނެވި ނެވި ކަލޭގެއެވެ. ދެ ނައިބުންނަކީ ކޭޑީ ތަމްސީލް ކުރެއްވި ދެބޭފުޅުންނެވެ. ދެންތިބި ހުރިހާ ބޭފުޅުންވެސް އުފެދިފައިވާނީ ކުރިން ބަޔާންވެދިޔަ ކޮންމެވެސް ތަމްރީނު ކޭމްޕަކުންނެވެ. އޭރުވެސް އަޅުގަނޑުމެންގެ އަމާޒަކީ ހަމަ އެއް އަމާޒެކެވެ. އެއިރު ކުޑަކޮށް ނުސިޔާސަ ގޮތްގަނޑު ގެންގުޅުނެތްކަމަކު މިހާރު މިކުރަނީ ނުސިޔާސަ ކަންތަށްތަކެއް ނޫނެވެ.ދެވަނަފަހަރަށްވެސް ހަމަ އައީ ލިޔެސްއޮންލައިން އެވެ. ދެންވެސް އަންނާނީ ހަމަ މި ނަމެވެ. މޭކަރާ ބޭފުޅަކު މޭކަރަންވިއްޔެވެ. ޖޭވާ ބަޔަކު ޖޭވާންވިއްޔެވެ. މިއީ ނިމުމެއްހުރި ކަމެއް ނޫނެވެ. އަބަދުވެސް މި ޢަޒުމުގައި ދެމި ތިބޭނަމެވެ. މި އެކުވެރިކަމާއި އެކުއެވެ. މިހިއްވަރާއި އެކުއެވެ. ފަސްޖެހޭނެ ހަމަ އެއްވެސް ސަބަބެއް ނެތެވެ. ހަމަ އެކަތި ހެކް ކުރާއިރަށް އަނެއްއެތި ހަދާނަމެވެ.
0 ޚިޔާލު: on "ހަމަ ހެކްކުރީ އަނެއްއެތި ހެދީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ