ސަތޭކަ ވަނަ ގޯލު ޖެހުމަށް ޓަކައި އެފް ބަލަކް ( މެއްޑޯ ) މާދަމާ ބޮޑިބަތާއި އެކު ނިކުންނާނެ ކަމުގައި ހެޑްލައިންސަށް މައުލޫމާތު ދެއްވާފިއެވެ.
އުކުޅު ހުޅުގެ މައްސަލާގައި ކުޅުމާއި ދުރުގައި ހުރި މެއްޑޯ ވަނީ 99 ލަނޑު ޖަހާފައެވެ. އުކުޅުހުޅަށް ފަރުވާ ހޯދުމަށް ޓަކައި ކޮންމެ ދުވަހަކު އޮއިވަރުގެ ލޮނު ވަޅަށް އެރޭކަމަށާއި މިހާރު މުޅިން ފިޓުވި ނަމަވެސް އަދި ވަކަރު ކޮޅެއް މަށާލަން އޮތީމަ މިއަދު ނުނިކުންނާނެ ކަމަށްވެސް ހެޑްލައިންސަށް މައުލޫމާތު ދެއްވިއެވެ.
މިހާރު މައިދައިތަ ކައިރީގައި ބޮޑިބަތް ރެޑީ ކުރުމަށް ވަނީ ބުނެފައެވެ. މެއްޑޯޔަކީ ކޮންމެ ދުވަހަކު ޖަހާ ލަނޑާއި އޭނަގެ ބައެއް މިކަހަލަ އަމިއްލަ ރެކޯޑުސް ބަލަހައްޓަމުންދާ ޒުވާނެކެވެ.
0 ޚިޔާލު: on "ސަތޭކަ ވަނަ ގޯލު ޖެހުމަށް ޓަކައި އެފް ބަލަކް ( މެއްޑޯ ) މާދަމާ ބޮޑިބަތާއި އެކު ނިކުންނަނީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ