
ނަމަވެސް މުޒާހަރާ ކުރުމަކީ ފަހުން އުފެދުނުކަމަކަށްވުމާއި އެކު، އެކަމުގެ ޞަރީޙަ ދަލީލެއް ނެތުމުން އެއީ އެހެނިހެން އިޖްތިހާދީ މައްސަލަތަކެކޭ އެއްފަދައިން އެމީހަކަށް ފެންނަ ޤަބޫލުކުރެވޭ ރައުޔަކަށް ތަބައަވުމުގެ ދޮރުހުޅުވިފައިވާ ކަމެއް ކަމަށް ދެކެމެވެ. އަދި ހަމަ އެފަދައިން އެބޭފުޅުންގެ ފަތުވާ ޖުމްލަ ގޮތެއްގައި އަމާޒުވެފައިވަނީ އެބޭފުޅުންގެ މުޖްތަމަޢުއަށް ކަމަށްވުމުން، ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކަށް އެފަތުވާޔަށް ޢަމަލުކުރުން ލާޒިމެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް ދިވެހި މުޖްތަމަޢުއަށް ބަލާއިރު އެކަމަކީ ޤާނޫނު އަސާސީއިން ރައްޔިތުމީހާޔަށް ލިބިދީފައިވާ ހުއްދައެކެވެ. ނަމަވެސް މުޒާހަރާ ކުރުމުގައި ދީނީގޮތުންނާއި ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ މިންގަނޑުތަކާއި ޝަރުޠުތަކަށް ތަބަޢަވާން ޖެހޭނެއެވެ. އަދިހަމަ އެހެންމެ، މުޒާހަރާޔަކަށް ދިއުމުގެ ކުރިން، އެކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު އެންމެ ފަހުގެ ޚިޔާރެއްގެ ގޮތުގައި މެނުވީ މުޒާހަރާ އިޚްތިޔާރުނުކުރުން ރަނގަޅެވެ. އަދި ތިމާޔަށް އެއީ ހުއްދަ ކަމެއްކަމަށް ޤަބޫލުނުކުރެވޭނަމަ އެކަމުގައި ބައިވެރި ނުވާށެވެ. ހަމަ އެފަދައިން ހުއްދަކަމަށް ދެކި، އެކަމުގައި ބައިވެރިވާ ފަރާތްތައް ބިދުޢަވެރިނުކުރުމަށްވެސް ވިސްނަން ޖެހޭނެއެވެ.
ޢިލްމުވެރިންގެ ވާހަކަފުޅަތަކަށް ރިޢާޔަތްކޮށް ތިރީގައިމިވާ ޝަރްޠު ތަކާއި އެކު މުޡާހަރާކުރުމަކީ ހުއްދަ ކަމެއްކަމުގައި ދެކެމެވެ.
1. އަންހެނުން ޢައުރަނިވާނުކޮށް ނުނިކުތުން.
2. އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ ނޫޅުން.
3. މުޡާހަރާގައި ލަވަޔާއި މުޔިޒިކް ބޭނުން ނުކުރުން.
4. ދޮގުވާހަކަ ތައް ލިޔެފައިވާ ބެނާ ތައް ބޭނުން ނުކުރުން.
5. މީސްތަކުންނަށް އުނދަގޫވާގޮތަށް މަގުތައް ބަންދުކޮށް ނުހެދުން.
6. މީސްތަކުންނާއި ދިމާލަށް ހަޑިހުތުރު ބަހުން ގޮވާ ނުހެދުން.
7. މީސްތަކުންނަށާއި މުދަލަށް ގެއްލުންދީ ނުހެދުން.
8. އެތަނެއްގެ ޤާނޫނާ ޚިލާފު ޙަރަކާތްތައް ނުހިންގުން.
9. ޞުލްޙަވެރި މުޒާހަރާއެއް ކަމަށް ވުން.
0 ޚިޔާލު: on "އިސްލާމް ދީނުގައި މުޒާހަރާ ކުރުން"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ