
ރާނާ ބޮޑުބެ ނިޔާވުމާއި އެކު ރާމީވެސް ނެތި ގޮސްފިއެވެ. ރާމީޔަކީ ވަރަށް ގިނަމީހުން ހިތްހަމަ ޖައްސާލުމަށް ޓަކައި އޭރު ދިޔަ ތަނެކެވެ. ކުއްޅާ ކާލުމަށާއި ވަގަށް ސިގިރޭޓް ބުއިމަށް ހާއްސަކޮށް ޒުވާން ކުދިން ގޮސްއުޅުނެވެ. އެތަނުގައި އިށިއިންނާނެ ޖޯއްޔާއި އުނދޯލިފަތި ހުރެއެވެ. ރާމީ ހިތް ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ބޮޑުބެ އެތަށް މަސައްކަތެއް ކުރިއެވެ.
ވަރަށް ފަހުން އަޅުގަނޑުމެން ކުއްޅަވައް ކެއުމަށްޓަކައި އެތަނަށް ދެވުނެވެ. ނަމަވެސް އެތަން މިހާރު ހީވަނީ އެހެން ތަނެއް ހެންނެވެ. އިށި އިންނާނެ އެއްވެސް ތަނެއް މިހާރަކު ނެތެވެ.
މީހެއްގެ މުހިއްމުކަން އެނގޭނީ އެމިހަކު އެތާކު ނެތުމުންނެވެ.
0 ޚިޔާލު: on "މީހެއްގެ މުހިއްމުކަން އެނގޭނީ އެމިހަކު އެތާކު ނެތުމުން"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ