Tuesday, August 3, 2010

ރޯދަށް ރޯޖެއްގެ ގޮތން ކުއްލަވައް ވަރިލައިފަ



ކުއްޅަވައް ނޭނގޭ މީހުން ވަރަށް މަދެވެ. އެމީހުން އަހާށެވެ. ކުއްޅަވަކަކީ ބިޔަގަހެއްގައި އަޅާ ހުތް، މޭވާއެކެވެ. ކުއްޅަވައް ހުންނަނީ، މަތީގައި ބޮޑުތާފަތެއް ހުރެފައި، ފުލުގައި ބޮނޑުނަގުލަށް ހުންނަ ނަރެއްލައިފައެވެ. މިގަހުގެ މުލުން ނިރު ފަޅާނެއެވެ. ކުއްޅަވައް އަޅާ ގަހަށް ވެސް ކިޔަނީ ކުއްޅަވައް ގަސް މިހެންނެވެ. ކުއްޅަވައް ގެ ތަފާތު ވައްތަރު ތައް ހުރެއެވެ. ދިވެހި ރާއްޖޭގައި ވެސް ކޮންމެ ވެސް ވަރަކަށް ކުއްޅަވައް ހެދޭކަން ފާހަގަ ކުރެވެއެވެ.
މިގޮތުން ލަންދޫއަކީ އެންމެ ގިނައިން ކުއްޅަވައް ހުރި ރަށެވެ. ކުއްޅަވަކުން ތަފާތު ބޭނުން ކުރެއެވެ. ފަނިގިރުމާއި މޮޑެ ، މަޖާ ހެދުން ކަހަލަ ކަންކަމެވެ. ކުއްޅަވައް ލަންދޫގައި ނެތް އިރެއް މަދެވެ. އަހަރަކު ކުޑަ ދުވަސްކޮޅެއްގައި ނުލިބުނަސް ގިނައީ ލިބޭ ދުވަސްކޮޅެވެ.
ކުއްޅާކުގެ ވަރި މެދުކެޑިފައި މިހާރު މިވަނީ ރޯދަށް އަށް ވަރިލައިފައެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ރޯދަށް ރޯޖެއްގެ ގޮތން ކުއްލަވައް ވަރިލައިފަ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ