ނ.ލަންދޫ ރައްޔިތުންގެ އިންޖީނުގެ ނޯދަން ޔުޓިލިޓީކުންފުންޏާއި ހަވާލްކުރުމުގެ އެގްރިމެންޓްގައި އިއްޔެ ހަވީރު ސޮއިކުރިތާ 4 ގަޑި އިރުފަހުން ކަރަންޓް ވަނީ ގޮސްފައެވެ. ރޭ 30؛9 ހާއިރު މުޅި ރަށުން ވަނީ ކަރަންޓް ގޮސްފައެވެ. މުޅި ރަށަށް ކަރަންޓް ދެވިފައިވަނީ 30؛11 ގައެވެ.
އުއްބައްތިތައް ފޮރުވި މީހުން އެތަކެތި ހޯދައިގެން ރޭ ވަނީ ދިއްލާފައެވެ. ކުޑަ ކުއްޖާއަށް ފިނިކުރުމަށްޓަކައި ދެމަފިރިން ޑިއުޓީބަހައިގެން ވިހެލަ ވިހެލާ ތިބި މީހުން ރޭގައިވެސް މަދެއް ނޫނެވެ.
މިކަމަށް އަވަސް ހައްލެއް ހޯދައި ދޭށެވެ. މިހެން އަބަދު ޑިއުޓީބަހައިގެން ވިހެލަ ވިހެލާ ތިބެން ޖެހެންޏާއި ވާނެ ގޮތް އެގޭ ނެވެ.
0 ޚިޔާލު: on "ދެމަފިރިން ޑިއުޓީބަހައިގެން ވިހެލަ ވިހެލާ ތިބި މީހުން ރޭގައިވެސް ލަންދޫގައި މަދެއް ނޫން"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ