
އޭ! އަޅުގަނޑުގެ އެކުވެރިންނޭވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ފާއިތުވެގެން ދާއިރު އަޅުގަނޑުމެންގެ ތެރޭގައި ރަމަޟާން މަހަކީ ކުޅިވަރުން ހިތްހަމަޖައްސާލުމުގެ މައްސަރެއްކަމުގައި ދެކޭ ބަޔަކު އުޅޭކަމީ ވަރަށް ހިތާމަހުރިކަމެކެވެ. މީ އެއްވެސް ހާލެއްގައި ކުޅިވަރުގެ މަހެއްގެ ގޮތުގައި ނުބަލާށެވެ. އެހެންނަމަވެސް އަޅުކަމުގެ މަސްވަރުކަމުގައި ބަލައި، ގިނަގިނައިން އަޅުކަމުގައި ހޭދަކުރާށެވެ.
އޭ! މިލިޔުން ކިޔާ އަޅުގަނޑުގެ އަޚުންނޭވެ! ތާހާއި ރާޒުވާއާއި ކެރަމާއި، ލަވަޔާ މިއުޒިކުން ހިތްހަމަ ޖެއްސުމާއި ޓީވީގެ ދަށުގައި ވަގުތު ބޭކާރު ކުރުމުން ދުރުހެލިވާށެވެ. ތިމާގެ އަގުހުރި ވަގުތައް ކުޅިވަރާއި މަޖަލުގައި ދުއްވާނުލަށެވެ. ރޯދަކުރުކުރުމުގެ ނަމުގައި، އަޅުގަނޑުމެންގެ ކިބައިގައި އަށަގަނެފައިވާ ވަޤުތު އިސްރާފު ކުރުމުގެ ނުބައިކަމުން ރައްކާތެރިވަމާ ހިނގާށެވެ. އޭގެ ބަދަލުގައި އެއަގުހުރި ވަގުތުތައް ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި އިއުތިކާފަށް އިނުމާއި ޞަދަޤާތް ކުރުމުން ޖަރީކޮށް، މަމަހުގެ ދުވަސްތައް މިފަދަ އަޅުކަންތަކުން ޖަރީކުރާށެވެ.
0 ޚިޔާލު: on "ތާހާއި ރާޒުވާއާއި ކެރަމާއި، ލަވަޔާ މިއުޒިކުން ހިތްހަމަ ޖެއްސުމާއި ޓީވީގެ ދަށުގައި ވަގުތު ބޭކާރު ކުރުމުން ދުރުހެލިވާށެވެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ