
ދީނީ ހޭލުންތެރިކަން ލަންދޫގައި އިތުރުވަމުން އައުމުން އޭގެ ހެޔޮ ބަދަލުފެނިފައިވަނީ ހަމައެކަނި މިސްކިތްތަކަކުން ނޫނެވެ.މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ އެހެންކަންތައްތަކުގައި ވެސް ވަނީ ދީނީ ކުލަ ޖެހިފައެވެ. ގިނަ ބައެއް އަންނަނީ ތަގުވާވެރިކަމުގެ ފޭރާމުން ޒީނަތްތެރިވަމުންނެވެ. އެ ގޮތުން ސުންނަތަށް އުޅޭ މީހުން މިހާރު މަދެއް ނޫނެވެ.
ނަމަވެސް ފާޑު ކިޔާ މީހުންވެސް މަދެއް ނޫނެވެ. ނަމާދަށް ނުދާ މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ވާހަކަ ދައްކަނީ މިސްކިތަށް ބަރާބަރަށް ގޮސް ސުންނަތައް އުޅޭ މީހުންގެ ވާހަކައެވެ. ތިމާ މެންނަކީ ހިތައް އެރި ދުވަހަކު ނަމާދަށް ގޮސް އުޅޭ ބަޔަކަށް ވާއިރު، ދީނީ ކަންތަކަށް ޖޯކު ޖަހާ، މަލާމާތް ކުރުން ހެޔޮވާނެ ހެއްޔެވެ. ފުރަތަމަ ތިމާ 5 ވަގުތު ނަމާދަށް ދާށެވެ. އަދި އެމީހުން އެހެން އެހަދަނީ ކިހިނެތް ތޯ ބަލާށެވެ. އަދި ނަމާދު އެޅުމުގެ ހުކުމަކީ ކޮބާތޯ ތަންދޮރު އެނގޭ މީހުން ކައިރީ އަހާ އޮޅުން ފިލުވާށެވެ. ގަމާރު ކަމާއި ޖާހިލު ގެ ލިސްޓަށް އަރާނީ ޖައްބާރުންނެވެ. މޮޔައިންނެވެ.
0 ޚިޔާލު: on "ނަމާދަށް ނުދާ މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ވާހަކަ ދައްކަނީ މިސްކިތަށް ބަރާބަރަށް ގޮސް ސުންނަތައް އުޅޭ މީހުންގެ ވާހަކަ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ