”فَضَرَبْنَا عَلَى آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا.“ ”އެހެން ކަމުން ތިމަން ﷲ، އެބައިމީހުންގެ އަޑުއިވުން (އަޑުއިވުމުގެ ހިއްސު) ބަންދު ކުރެއްވީމެވެ. އެއީ އޭގެ ސަބަބުން ހޮހޮޅައިގައި އަހަރުތަކެއް ވަނދެން (އެބައިމީހުން ފުން ނިނދީގައި) ބޭއްތިއްބެވުމަށްޓަކައެވެ.“ [ސޫރަތުލް ކަހްފު 11]
”ތިމަން ﷲ، އެބައިމީހުންގެ އަޑުއިވުން (އަޑުއިވުމުގެ ޙިއްސު) ބަންދު ކުރެއްވީމެވެ.“ އަޔާތުގެ މިތަންކޮޅުގައި ޢަރަބިބަހުން އައިސްފައިވަނީ ” فَضَرَبْنَا“ މިބަހެވެ. މިއާޔަތުގައި އެފަދައިން އައުމުން ދޭހަވާ އެހެން މާނަ އަކީ އެބަމީހުން ނިދުމަށް މެދުވެރި ކުރެއްވި ވާހަކައެވެ. ”فَضَرَبْ’ “ކަންފަތް‘ މިބަހާއެކު އައުމުން އޭގެ މާނައަކީ ކަންފަތައް އިވުމުން މަނާކުރެވުނު ވާހަކައެވެ. ނުވަތަ ކަންފަތުގެ އިވުން ބަންދު ކުރެވުނު ވާހަކައެވެ.
ފަހުގެ ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އިންސާނާ ނިދާފައިވާ ހިނދުގައި އިންސާނާގެ ޙިއްސުތަކުގެ ތެރެއިން ކަންފަތުގެ އިވުމުގެ ޙިއްސު ހޭލާވެއެވެ. އެހެން ބަހަކުން ބުނާނަމަ އޭގެ މަސައްކަތް މުޅިން ހުއްޓުމަކަށް ނާދެއެވެ. އަހަރުމެންނަށް އެލާރމް ގަޑިއެއް ބޭނުން ވަނީ މިސަބަބަށްޓަކައެވެ.
މަތީގައިބަޔާން ކުރެވިފައިވާ އާޔަތުގައިވާ ”ތިމަން ﷲ، އެބައިމީހުންގެ އަޑުއިވުން (އަޑުއިވުމުގެ ހިއްސު) ބަންދު ކުރެއްވީމެވެ.“ މިބަހުގައި ފޮރުވިފައިވާ ޙިކުމަތަކަށް ވުމުގެ ފުރުޞަތު ހުރިހާ ގޮތަކުން އެންމެ ބޮޑު ގޮތަކީ ﷲ އެބައިމީހުންގެ ކަންފަތްތަކުގެ އިވުން ބަންދުކުރައްވާ ނިދުމަށް މެދުވެރިކުރެއްވި ވާހަކައެވެ. އަދި އެބައިމީހުން އެނިދީގައި އެތައް އަހަރެން ވަންދެއް ތިބުމަށް މެދުވެރި ކުރެއްވި ސަބަބެއް ގޮތުގައި އެބައިމިހުންގެ ކަންފަތްތައް ބަންދު ކުރެއްވުން ލެއްވިކަމެވެ

0 ޚިޔާލު: on "އިންސާނާ ނިދާފައިވާ ހިނދުގައިވެސް އިންސާނާގެ އަޑު އިވުމުގެ ޙިއްސު ހޭލާ ވެއެވެ."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ