Thursday, August 19, 2010

الله އަށް ބިރުވެތިވުމާއި މަޑުމައިތިރިކަން ނަމާދު ތަކުގައި ގެންނަންޖެހޭ


ނަމާދަށް ޙައްޤު ޤަދަރު ދިނުމަކީ ތިބާގެ ޙަޔާތުގެ އެންމެ މުހިއްމުކަން ކަމުގައި ހަދަން ޖެހެއެވެ. އެއީ ޚުޝޫޢަތްތެރިކަމާއި الله އަށް ބިރުވެތިވުމާއި މަޑުމައިތިރިކަން އެނަމާދު ތަކުގައި ގެނެސްގެންނެވެ. ޙަޤީޤަތުގައި اللهގެ މަތިވެރި ނިޢުމަތުން މަޙްރޫމްވެފައިވާ މީހަކީ، ދުނިޔޭގައި ޢަމަލު ކުރުމުގައި ވަރުބަލިވުމަށްފަހުވެސް اللهގެ ޙަޟްރަތުގައި އެމީހެއްގެ ޢަމަލު ޤަބޫލު ނުކުރެއްވުނު މީހެކެވެ. އެއީ އެއަޅުކަން އަދާކުރަން އަންގަވައި އަމުރު ކުރައްވާފައިވާ ގޮތާއި ޚިލާފަށް ކޮށް، ޝައިޡާނާގެ ދަޅަތަކުގައި ޖެހި، އަޅުކަމަށް ދޭންޖެހޭ ޙައްޤު ޤަދަރު ނުދީ ކަންނެތް ކަމާއެކު ކުރުމުންނެވެ. ތިބާގެ ޢުމުރު އެއްކޮށް ނަމާދު ކުރުމުގައި ހޭދަ ކުރުމަށްފަހު އެނަމާދަކީ އެއްވެސް ބުރަދަނެއް ނެތް ޢާދަތަކެއް ކަމުގައި (އެބަހީ ޢާދައިގެ މަތިން ކޮށްލާ ކަމެއް ކަމުގައި)، اللهގެ ޙަޟްރަތުގައި ވެއްޖެނަމަ، ތިބާއަށް ވުރެ އަބާއްޖަވެރި ބަދުނަޞީބުވެރިއަކީ ފަހެ ކާކުހެއްޔެވެ؟ ނަމާދު ކުރުމުގެ ސަބަބުން ތިބާގެ ހިތަށް ކުޑަވެސް ހިތް ހަމަޖެހުމެއް ނުލިބުނެވެ. ނަމާދަކީ ފާފަތަކާއި މުންކަރާތްތަކުން ތިބާ ދުރުކުރުވި ކަމެއް ކަމުގައިވެސް ނުވިއެވެ.
ސަބަބަކީ ކޮބައިތޯ ވިސްނާ ފިކުރުކުރައްވާށެވެ. ތިބާ ފަރުޟު ފަސް ނަމާދު ކުރަމުން ދިޔައީ އާދައިގެ މަތިން ދުވާލަކު އެއް ފަހަރު ފެންވަރާ ބީދައިންނެވެ. އެހެނީ ތިބާ ނަމާދު ކުރަމުން ދިޔައީ އާދަވެފައިވާ ކަމެއް ކޮއްލުމުގެ ގޮތުންނެވެ. ތިބާ އެނަމާދުތައް ކުރީ اللهގެ ޙަޟްރަތުން މަތިވެރި ދަރުމައާއި ޘަވާބަށް ދަހިވެތިވެފައިވާ ހާލަކު ނޫނެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "الله އަށް ބިރުވެތިވުމާއި މަޑުމައިތިރިކަން ނަމާދު ތަކުގައި ގެންނަންޖެހޭ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ