Sunday, August 29, 2010

މަނާ ހުންނާނީ ރާޒުވާ ގޮނޑީގައި




މިއީ މިހާރަކަށް އައިސް ލަންދޫގެ ޢާއްމު ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް އުފެދޭ ސުވާލެކެވެ. ތަރައްގީގެ ދުވެލި ބާރުވެ މީސްމީހުންގެ ދިރިއުޅުން ކުރިއަރަމުން ދިޔުމާއި އެކު ލަންދޫ ގައިވެސް ތަފާތު އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވަން ފަށައި އެތަކެތިން އެއްބަޔަކަށް ފައިދާ ވަމުންދާއިރު އަނެއްބަޔަކަށް އެއީ މުސީބާތަކަށް ވާން ފަށައިފިއެވެ. ޚާއްސަކޮށް ލަންދޫގައި ދުއްވަމުންދާ ސައިކަލުތަކުގެ ތެރެއިން ބައެއް ސައިކަލުތަކަކީ ވަރަށް ބޮޑަށް ގަވާއިދާ ޚިލާފަށް ދުއްވަމުންދާ އުޅަނދުތަކެކެވެ.
މިގޮތުން މިފަދަ ސައިކަލުތަކުގެ ތެރޭގައި އަހަރީފީ ނުދެއްކުމާއި ރޯޑްވާދިނަސް މުއްދަތުހަމަވެ އާނުކުރުމުގެ ސަބަބުން ރަޖިސްޓްރީ އުވާލެވިފައިވާ ކަމަށް ބުނެވޭ ސައިކަލު ހިމެނެއެވެ. މިފަދަ ފަރާތްތަކުން ގެންގުޅޭ ސައިކަލުތަކަކީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެތް މީސްމީހުންނަށްވެސް ދުއްވަން ދެވޭ ސައިކަލުތަކެކެވެ. މިގޮތަށް ދުއްވާ މީހުންގެތެރޭގައި ރަށުގެ ބޮޑެތި މީހުންގެ އިތުރުން ސްކޫލުގައި ކިޔަވާ އުމުރު ހަމަނުވާ ޅަދަރީންވެސް ހިމެނެއެވެ. މީގެ ސަބަބުން ނުރައްކާތެރި ހިތާމަވެރި ހާދިސާތައް ހިގުމަކީ މާދުރުގައި އޮތް ކަމެއް ނޫނެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މަނާ ހުންނާނީ ރާޒުވާ ގޮނޑީގައި"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ