
ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އަޅުގަނޑުމެންގެ މުޖްތަމަޢުއަށް އެންމެ ބޮޑެތިމައްސަލަ ތަކުގެ ތެރެއިން އެއް މައްސަލައެވެ. ކުރިން ސިގިރޭޓް ވަގަށް ގިނަމީހުން ބުއިނަމަވެސް މިހާރު މިކަމަކީ އާއްމު ކަމެކެވެ. ވަލު ތެރެއަށާއި މީހުން ނޫޅޭ ހިސާބަށް ގޮސްގެން ނޫނީ އޭރު ސިގިރޭޓެއް ނުބޮއެވެ.
މިނުބައި ވަބާއިންމުޖުތަމަޢު ސަލާމަތް ކުރުމަށް ޓަކައި މިވަނީ އެންމެން އެއްބާރުލައިގެން މަސައްކަތް ކުރަން ޖެހިފައެވެ. މިކަމުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައް ތަކުގެ ތެރޭގައި ދުންފަތުން ލިބޭ ގެއްލުން މުޖުތަމަޢުއަށް އަންގައިދިނުމަށް ޓަކައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ޕޯސްޓަރތައް ހިއްޕުމާއި، ފިލުމް ފަދަ ތަކެތި އުފެއްދުން ހިމެނެއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި ވަބާއިން އަޅުގަނޑުމެންގެ މުޖްތަމަޢު ސަލާމަތް ވާ ދުވަހަކީ މިޤައުމަށް އަންނާނެ ވަރަށް އުފާވެރިދުވަހެކެވެ. ސަބަބަކީ މިވަބާގެ ސަބަބުން ދުނިޔެއާއި އަލްވަދާޢު ކިޔާޢަދަދު ކޮންމެވެސް ވަރަކަށް މަދުވާނެތީއެވެ. އަދި މުޖްތަމަޢުއަށް ލިބެމުންދާ ގެއްލުން ތަކުން ސަލާމަތްވާނެތީއެވެ. އަޅުގަނޑުގެ ދުޢާއަކީ މިފަދަވަބާއިން މާތް ﷲ އަޅުގަނޑުމެންގެ މުޖްތަމަޢު ސަލާމަތް ކުރެއްވުމެވެ.
0 ޚިޔާލު: on "ވަލު ތެރެއަށާއި މީހުން ނޫޅޭ ހިސާބަށް ގޮސްގެން ނޫނީ އޭރު ސިގިރޭޓެއް ނުބޮވޭ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ