
މިބަރަކާތްތެރި ރަމަޟާން މަހުގައި ރޯދަ ނުހިފާ މަދުންނަމަވެސް ބަޔަކު ކުޅޭ ކަމުގެ ވާހަކަ ބައެއްމީހުންގެ ދޫދޫމަތިން އަޑުއިވެމުންދެއެވެ. ދުވާލްގެ ވަގުތުތަކުގައި ކައިހަދާކަމުގެ މައުލޫމާތުތަށް މަދުންނަމަވެސް ލިބެއެވެ. ބައެއް ފަރާތްތަކުން މިފަދަ ކަންތައްތައް ސިއްރުކުރަން އުޅޭކަމީ ވަރަށް ދެރަވާން ޖެހޭ މައްސަލައެކެވެ. ރަށުގެ އަގުވެއްޓުނުކަމުގައި ވިޔަސް މިފަދަ ކަންތައްތައް ކުރާމީހުންނާއި ދޭތެރޭ ގަވައިދުން ފިޔަވަޅު އަޅަންޖެހޭނެއެވެ. ނޫނީ ދުވަހުން ދުވަހަށް ކިލަބްވެގެންދާނީ އަޅުގަޑުމެންގެ މިމާތް ދީނެވެ. ފެތުރޭނީ އެނޫންދީނުގެ އާދަކާދަތަކެވެ.މިއަދުގެ ވަގުތެއްގައި މިރަށު ކުޑަ ބޯޅަދަޑާ ދިމާލުން ބަޔަކު ކެއުމަށް ފޮރުވާފައި ހުރި ކާއެއްޗެތި ތަކެއްފެނިއްޖެއެވެ. ބިސްކޯދާ، ޗޮކްލެޓެވެ. ސިގިރޭޑާއި މިނޫންވެސް ތަކެތި އެފޮށީގެ ތެރޭގައި ހުރިކަމަށް މިބްލޮގަށް ނަންހާމަކުރަން ބޭނުންނުވާ ފަރާތަކުން މައުލޫމާތުދެއްވިއެވެ. އަދި ކެއުމަށް ބޭނުންކުރާ ބައެއްޢާލަތްތައްވެސް ފެނިފައިވެއެވެ. އެފަރާތުން ހާމަކުރެއްވިގޮތުގައި މިއީ ކޮންބައެއް ގެންގުޅޭ ތަކެއްޗެއްކަމެއްނޭގޭ ކަމަށާއި އަދި ސައްކުކުރެވޭ ބައެއްވެސް ނެތްކަމަށް ބުންޔެވެ.
0 ޚިޔާލު: on "ރޯދަމަހު ދުވާލްގެ ވަގުތު ވަގަށް ކެއުމަށް ބޭނުންކުރާކަމަށް ސައްކުކުރެވޭ އެއްޗިހިތަކެއް ފެނިއްޖެ."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ