Saturday, September 18, 2010

ފަރުމުލި ޕިކުނިކް ، އެތެރެފަޅަށް



ހޮޅުއަށި ޓީކޭގެ ފަރާތުން ޕިކުނިކެއް އިއްޔެ ގޮސްފިއެވެ. ލަންދޫ ހޮޅިއަށިން އިސްނަގައިގެން އިއްޔެވަނީ އެތެރެ ފަޅު ސަރަހައްދަށް ވަރަށް ގިނަ ކާތެކެތި ހިފައުގެން ގޮސްފައެވެ. ކުރި ފިނޮޅަށާއި ފަރު،މުއްޔަށް ދިޔުމަށް ހަމަ ޖެހިފައިވާ ދަތުރު ވިއްސާރަ ވުމުގެ ސަބަބުން ވަނީ އެތެރެ ފަޅަށް ބަދަލު ކޮށްފައެވެ. މިދަތުގައި ވަރަށް ބައިވަރު ކާތަކެތި ގެންދިޔައެވެ. ގާތްގަޑަކަށް އެއްމަސް ދުވަހުގެ ކާތަކެތި މިމީހުން ގެންދިޔއެވެ. ގެރިމަހާއި ނޫޑުލީހާއި ކޯކާއި ކުއްޅާކާއި ކުރަނޑި ފަދަ ތަކެތި ހިމެނެވެ.
ހެނދުނު ސަޔަށް ރޮއްޓާއި މަސްހުނި ފެށި އިރި ނުވަގަނޑީގައި އޮތީ ކޯކާއި ބިސްކޯދެވެ. މެންދުރު ނޫޑުލީސް ކައިފައިވަނީ ގެރިމަހައި ކުރަޑިފަދަ ބާވަތާއި އެކުއެވެ.
ތަފާތު އެތަށް ކުޅިވަރުތަކެއް ކުޅެފަައިވެއެވެ. ފަރުމުލި ކްޕް2010 ގެ ނަމުގައި އެތެރެފަޅުގައި ކުޅުނު މިނީކަޕުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ސިންނޭ މެން ޓީމުންނެވެ.
މިޕިކުނިކުގައި އެންމެ ކަމަކަށް އޮތީ ދީނީ ގޮތުން އުފެދިފައިވާ ސުވާލުތަކައި ދިރި އުޅުމުގައި އެކަކު އަނެއް ކަކުގެ ހިޔާލު ބަދަލު ކުރުމެވެ.
މިޕިކުނިނުން އެހެން ޕިކުނިކުތަކުން ނުފެންނަ ކަހަލަ މަންޒަރެއް ވަނީ ހެޑްލައިންސްގެ ފަރާތުން މިކަން ކަވަރު ކުރަން ދިޔަ ކުރޫ އަށް ފެނިފައެވެ. އެއީ ވަގުތުގައި ހުރިހާ މީހުން ނަމާދު ކުރުމެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ފަރުމުލި ޕިކުނިކް ، އެތެރެފަޅަށް"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ