
ލަންދޫގެ ފުޓްބޯޅަ ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަންގެ ޓީމަކަށް ކުޅެފިއެވެ. ފުރަތަމަ ޑިވިޝަންގެ ޓީމަކަށް ކުޅުނު ލަންދޫގެ ފުރަތަމަ ކުޅުންތެރިއަކީ ނ.ލަންދޫ ވިނަރެސް ނައުޝާދު އަބުދުއްރަހީމް، ނާގެއެވެ. ނާގޭ އަކީ އެންމެ ކުޑައިރުވެސް ވެލެންސިޔާއަށް ސަޕޯޓްކުރާ މިހާރު އިސްކޮޅުން ދިގުނަމަވެސް އޭރު އިސްކޮޅުން ކުރު ކުޅުންތެރިއެކެވެ.
މިއަހަރުގެ ޓްރާންސްފަރ ޕީރިއަޑްގައި ވެލެންސިޔާއާއި ގުޅުނު ނާގެ، އެޓީމަށް ކުޅުނު ފުރަތަމަ މެޗަކީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގުކަމަށްވާ ދިރާގު ދިވެހިލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުނު މެޗެވެ.
ނާގެ ވެލެންސިޔާގެ ޖާޒީގައި ފުރަތަމަ ފަހަރަށް އެޓީމަށް ކުޅުނީ އެންމެ ކުރިއަށް ސެންޓަރ ފޯވާޑަކަށެވެ.
0 ޚިޔާލު: on "ނާގޭ އަކީ އެންމެ ކުޑައިރުވެސް ވެލެންސިޔާއަށް ސަޕޯޓްކުރާ ކުޅުންތެރިއެއް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ