Monday, September 27, 2010

އަޙުމަދު ޝާޒު (ތަޖޫބެ) ސިފައިންގެއިން ވަކިވެއްޖެ



މުނިފޫހި ފިލުވުމުގެ ދާއިރާގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އަޙުމަދު ޝާޒު (ތަޖޫބެ) ޝަރަފުވެރިކަމާއެކު ސިފައިންގެއިން ވަކިވެއްޖެއެވެ. ސިފައިންގެ ޚިދުމަތުގައި ވިހި އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު ޝާޒު ސިފައިންގެއިން ވަކިވީ މިމަހު 13 ވަނަ ދުވަހުއެވެ.
16މާޗް 1989 ވަނައަހަރު ސިފައިންގެ ޚިދުމަތާއި ގުޅިލެއްވި ޝާޒް ސިފައިންގެއިން ވަކިވެގެން ދިޔައިރު، ސިފައިންނާއި ސިފައިންގެއަށް ރީތިނަމާއި ޝަރަފް އެތައް ފަހަރަކު ހޯއްދަވާދެއްވާފައި ވެއެވެ. ސިފައިންގެ ޚިދުމަތުގައި ކޮށްފައިވާ މަސައްކަތްތކުގެ ތެރޭގައި ކޮންމެ އަހަރަކު ސިފައިންގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވަމުން އަންނަ ''ސިފައުފާ'' ޝޯވތަކާއި މިނިވަން ދުވަހުގައި ސިފައިން ހުށަހަޅައިދޭ މުނިފޫހިފިލުވުމުގެ އައިޓަމްތަކާއި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިކުރާ ސިފައިންގެ ޑްރާމާތަކާއި އެދާއިރާއިން އައިޓަމްތައް ތައްޔާރުކުރުމުގައި ޝާޒުގެ އާދާޔާޚިލާފު ހުނަރުވެރިކަން ފާހަގަކޮށްލެވެއެވެ.

އެންމެންނާއިވެސް ގުޅޭ މަޖާ މިޖާޒުގެ އަޙުމަދު ޝާޒު (ތަޖޫބެ) އަކީ މޮޅު ކޮމޭޑިއަނެއްގެ އިތުރުން އެކްޓްކުރުމުގައި ހުނަރުވެރި ފަންނާނެކެވެ. އެގޮތުން 1424 ވަނަ އަހަރު އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި އެންމެ މޮޅު އެކްޓަރުކަމާއި އެންމެ މޮޅު ވާހަކަ ލިޔުންތެރިޔާގެ މަޤާމު ހޯއްދަވާފައިވެއެވެ. މީގެއިތުރުން 1425 ވަނަ އަހަރާއި 1426 ވަނަ އަހަރުގެ މުބާރާތުން ވެސް ޝާޒް ވަނީ އެއްވަނަ އެކްޓަރުގެ މަޤާމް ޙާސިލްކުރައްވާފައެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "އަޙުމަދު ޝާޒު (ތަޖޫބެ) ސިފައިންގެއިން ވަކިވެއްޖެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ