Wednesday, September 22, 2010

ފިރިހެނުންގެ މިސްކިތުންނާއި އަދި އަންހެނުންގެ މިސްކިތުގެ އެތެރޭން ޤަބުރު ފެނުމާއި ގުޅިގެން، އެދެމިސްކިތުގައި ނަމާދު ކުރުން މަނާކޮށް ރަސްމީގޮތުން އެދެމ



ޅ.އަތޮޅުގެ ނައިފަރު އުތުރު އަވަށުގެ، ފިރިހެނުންގެ މިސްކިތުންނާއި އަދި އަންހެނުންގެ މިސްކިތުގެ އެތެރޭން ޤަބުރު ފެނުމާއި ގުޅިގެން، އެދެމިސްކިތުގައި ނަމާދު ކުރުން މަނާކޮށް ރަސްމީގޮތުން އެދެމިސްކިތް ބަންދުކޮށްފިއެވެ. އެރަށުގައި މިމަސައްކަތުގައި ޝާމިލްވެ އުޅުނު ރައްޔިތެއްގެ ފަރާތުން ޚަބަރު ލިބިފައިވާ ގޮތުގައި، މިސްކިތުގެ ހަރިންމަ ފާރުގެ ބުޑުން ކޮނެ ބެލިބެލުމުން މިސްކިތުގެ އެތެރެއަށް ވާގޮތަށް ޤަބުރު ހުރިކަން ޔަޤީންވުމުން މިއަދު އަނެއް މިސްކިތުގެވެސް ހަރިންމަ ފާރުގެ ބުޑުން ކޮނެ ބެލިބެލުމުން މިސްކިތުގެ އެތެރޭގައިވެސް ޤަބުރު ވާކަން ވަނީ ލޮލަށްފެނި ކަށަވަރުވެފައެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

1 ޚިޔާލު: on "ފިރިހެނުންގެ މިސްކިތުންނާއި އަދި އަންހެނުންގެ މިސްކިތުގެ އެތެރޭން ޤަބުރު ފެނުމާއި ގުޅިގެން، އެދެމިސްކިތުގައި ނަމާދު ކުރުން މަނާކޮށް ރަސްމީގޮތުން އެދެމ"

Anonymous said...

ލަންދޫއަތިރީ މިސްކިތުގައި ޤަބުރު ހުރިކަން ޝައްކުވާއިރު މިގޮތަށް ނުކޮންނަންވީ ސަބަބެއް ނެތެވެ. މަޖުދުﷲ އަބުދުއްރައްޒާޤް ތިމަޤާމުގައި ހުރެ ތިކުރައްވަނީ ވަރަށް ގޯސްކަމެކެވެ. ވީހާވެސް އަވަހަކަށް އެކަންތައް ބަލާށެވެ. ތިބާ އެމިސްކިތައް ނާރާ އެހެންމީހުން އެމިސްކިތައް ތި އަރުވަނީ ކީއްވެހެއްޔެވެ. ތިބާ ހިނގާލައިފާ އެއްކޮޅު ފެނުން އަނެއްކޮޅު ފެނަށް ދާއިރު ގޭ ކައިރީ އިންމިސްކިތައް ނާރާ ތިދަނީ އެތާ ޤަބުރު ހުރިކަން އެނގޭތީވެ ދޯއެވެ. ﷲއަށް ބިރުވެތިވެ ހުރެ ވެރިކަން ކުރާށެވެ.

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ