
މި އަންނަ މަހުގެ 20 ވަނަ ދުވަހު " ލިޔެސް " އިން އިންތިޒާމްކޮށްގެން ސްޕޮންސަރުންގެ ފުރިހަމަ އެހީތެރިކަމާއި އެކު ބޭއްވުމަށް ތައްޔާރު ވަމުންއަންނަ " އާރް.އެސް ލިޔެސް ހޮލިޑޭކަޕް ފުޓްބޯޅަ މުބަރާތް " ގައި އެހެން ޓީމުތަކަށް ކުޅުމުގެ ސައުގުވެރިކަންދަނީ ފާޅު ކުަރަމުންނެވެ.
ވެލޯސިޓީގެ ބެންޗް ފޯވާޑް ކުޅުންތެރިޔާ ޝަޙީމް އިބްރާޙިމް ( ބެއްރި ) އެފްސީ އޮކާޗީއަށް ސަތޭކަ ރުފިޔާގެ ޓުރާންސްފާއަކަށް އައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ވަނީ ކޮށް ނިމިފައި ވާ ކަމަށް އޭނާ ބުނެފެއެވެ.
ބެއްރި ގެ މިހާރުގެ ޓީމް ކުލަބު ވެލޯސިޓީ ދޫކޮށްލުމަށް އޭނާ މަސައްކަތް ކުރާ އެންމެ ބޮޑު ސަބަބެއްކަމަށް ބެއްރި ހާމަކުރަނީ އެޓީމްގައި ހުރެގެން މިފަހަރުގެ މުބަރާތުގައި ކުޅެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތީމައެވެ. ބެއްރި މަޢުލޫމަތު ދެއްވި ގޮތުގައި މިފަހަރު ވެލޯސިޓީއިން ނިންމާފައިވަނީ ވަރުގަދަ ސްކޮޑަކާއި އެކު މިފަހަރުގެ މުބާރާތާއި ކުރިމަތި ލުމަށެވެ.
ބެއްރީގެ އުއްމީދަކީ އެފްސީ އޮކާޗީގެ ފޯވާޑް ލައިނުން ޖާގަ ހޯދުމާއި 2008 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ހުސެއިން ޖަވާދާއި އެކު ކޫލުން ކަމުގއިވެސް އޭނާ ބުންޏެވެ.
0 ޚިޔާލު: on "ބެއްރީގެ އުއްމީދަކީ އެފްސީ އޮކާޗީގެ ފޯވާޑް ލައިނުން ޖާގަ ހޯދާއި 2008 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ހުސެއިން ޖަވާދާއި އެކު ކުޅެ ރަންބޫޓް ހޯދުނ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ