Saturday, October 9, 2010

މިހަމީހުންނަކީ މާފަރު މީހުންނާއި އިދެގެން އުޅޭ ދެމީހުންނާއި މާފަރު ކުއްޖަކާއި އިންނަން އުޅޭ ޒުވާނަކާއި މާފަރުގައި އާއިލާ އޮތް 3 މީހުން



އިދާރީގޮތުން ލަންދޫ އާއި މާފަރު ގުޅާލަން ފެނޭތޯ ބެލުމަށް އިއްޔެ ލަންދޫގައި ނެގުނު މިވޯޓުގެ ނަތީޖާ ދައްކާ ގޮތުން މާފަރާއި ގުޅުމަށް ފެނިފައި ވަނީ އެންމެ 6 މީހުންނެވެ. ލަންދޫ ހެޑްލައިންސްއަށް އެނގިފައިވާ ގޮތުން މިހަމީހުންނަކީ މާފަރު މީހުންނާއި އިދެގެން އުޅޭ ދެމީހުންނާއި މާފަރު ކުއްޖަކާއި އިންނަން އުޅޭ ޒުވާނަކާއި މާފަރުގައި އާއިލާ އޮތް 3 މީހުންނެވެ.
ލަންދޫއިން ވޯޓުލުމުގެ ޝަރުތު ފުރިހަމަވާ މީހުންގެ ތެރެއިން ޖުމްލަ ވޯޓުލާފައިވަނީ 243 މީހުންނެވެ. އެއީ 102 ފިރިހެނުންނާއި 141 އަންހެނުންނެވެ.
ވޯޓުގެ ނަތީޖާ ދައްކާގޮތުން އިދާރީ ގޮތުން ލަންދޫ އާއި މާފަރު ގުޅާލުމަށް ފެންނަ ކަމަށް 6 ފަރާތަކުން ވޯޓުލައިފައިވާއިރު 180 ފަރާތަކުން މިކަމާ ދެކޮޅަށް ނުފެންނަ ކަމަށް ވަނީ ވޯޓުލާފައެވެ. މިކަމަށް ވޯޓުލާފައިވާ ފަރާތްތަކުގެ ތެރެއިން 57 ވޯޓު ވަނީ ބާތިލު ކޮށްލައިފައެވެ.
ވޯޓުގެ ކުރިންވެސް ގިނަބަޔަކު ވަނީ މިކަމާއިދެކޮޅު ކަން ހާމަކޮށްފައެވެ. ރައްޔިތުންގެ ފައިސާއިން 11 މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރައްވައިގެން އަދުގެ ސަރުކާރުން މިއަދު ރާއްޖޭގެ ގިނަ ރަށްތަކެއްގައި ނެގި ވޯޓަކީ އަދުގެ ސަރުކާރުން ، އަޅުގަނޑުމެން ރައްޔިތުންގެ ފައިސާއިން ކުރެއްވި ބޮޑު ބޭކާރު ޚަރަދެއްކަމުގައި މެނުވީ ނުވާނެއެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މިހަމީހުންނަކީ މާފަރު މީހުންނާއި އިދެގެން އުޅޭ ދެމީހުންނާއި މާފަރު ކުއްޖަކާއި އިންނަން އުޅޭ ޒުވާނަކާއި މާފަރުގައި އާއިލާ އޮތް 3 މީހުން"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ