Sunday, October 17, 2010

"ސާމަރާލައިވު"ގެ ނަމުގައި އަލްއަޚު ފަރުހާދު ހުސައިން މުޅިން އާބްލޮގެއް ހިންގަން ފަށާފި






ލަންދޫގައި އަދި މީހާތަނަށް އެމީހަކު ރަށްވެހިވެފައިވާ ގޭގެ ނަމާއި ގުޅޭގޮތަށް ނަން ގުޅުވާލުމަށްފަހު "ސާމަރާލައިވު"ގެ ނަމުގައި އަލްއަޚު ފަރުހާދު ހުސައިން މުޅިން އާބްލޮގެއް ހިންގަން ފަށާފިއެވެ.މިބްލޮގް ރަސްމީކޮށް ހުޅުވުމަށް ރޭގަ މިއަތޮޅު އެއްދުއްފަރު ފަޅުގައި ބޭއްވި ހަފުލާއަށް ފަހު އެޑިޓަރުގެ ގަލަމުން މި ނަމުގައި މިބްލޮގާއި ބެހޭ މައުލޫމާތު ވަރަށް ސާފްކޮށް ވަނީ ލިޔުއްވާފައެވެ.ތިޔަބޭފުޅުންގެ މައުލޫމާތަށްޓަކާ އެލިޔުން އެބޭފުޅާ ލިޔުއްވިގޮތަށް ނަކަލް ކޮއްލަމެވެ.
ޙަމްދުހުރީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން އުފައްދަވައި، އިންސާނުންނަށް ފެންނާނޭފަދައިން އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ލައްވަވާ، ދުލާއި ގަލަމުން، އިގިލީގެ ކުރިން ބަސްމޮށުން ތެރިކަން ދެއްވާ އެކަމުގެ ޒަރީއާއިން އެކެއްގެ ސުއޫރު އަނެކާއަށް ފޯރުކޮއްދިނުމުގެ ކެރުންތެރި ކަމެއް އިންސާނުންގައި ލެއްވެވި ޚާލިޤުވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ގިނަގުނައިން ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދެނީ ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި ކައުއިތުރު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ.
އެއަށްފަހު ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް ހާއްސަކޮށް ލަންދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަޑްގެ އުމުރުން 28 އަހަރާއި 04 މަހާއި 27 ވީ ތާރީހީ މިދުވަހު "ސާމަރާ ލައިވް.ޓީކޭ" ބްލޮގަށް މަރުޙަބާ ދަންނަވަމެވެ.
މިބްލޮގަކީ މާތްﷲގެ ވާގިފުޅާއެކު މިއަދު އަޅުގަނޑުމެންގެ ލަންދޫގެ މުޖްތަމަޢުގައި އުފެދި އާލާވަމުންދާ ދީނީ ހޭލުންތެރިކަމާއި އެއްބައިވަންތަކަން އިތުރަށް ވަރުގަދަކޮށް، އަދިޚާއްޞަގޮތެއްގައި މިއަދުގެ ތަރައްޤީވެފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ބޭނުންތެރި ގޮތެއްގައި ވަގުތު ހޭދަކުރުމަށާއި މައުލޫމާތު މުއްސަދި ކުރުމަށާއި އަދި އެމައުލޫމާތުތައް ފުރިހަމަކަމާއި އެކު އަނެކާއަށް ފޯރުކޮއްދިނުމުގެ މަތިވެރި ނިޔަތުގައި ހިންގަން ފެށިބްލޮގެކެވެ.
ސައިޓުގެ މުޝްރިފުގެ ޙައިސިއްޔަތުން ތިބޭފުޅުން އިސްކަން ދެއްވަންވީ ބައެއް ނުކުތާތަށް މިތަނުގައި ޛިކުރު ކޮށްލުން މުހިއްމުކަމަށް ދެކެމެވެ. އެގޮތުން މި ބްލޮގުގައި ސާއިއު ކުރެވޭނެ ކޮންމެ ލިޔުމެއްވެސް ވެގެންދާނީ ކޮންމެވެސް މީހަކަށް ނުވަތަ ކޮންމެވެސް އެއްޗަކަށް ނުވަތަ ކޮންމެވެސް ކަމަކަށް އެ ލިޔުމެއް ރައްދު ވާނެ ލިޔުމަކަށެވެ.އެފަދަ ފަރާތެއް އެއްޗެއް މީހެއް ވިޔަސް އެކަންކަމާއި އަމިއްލައަށް ހަވާލް ނުވުމަކީ އަޅުގަޑުގެ ވަރަށް ބޮޑް އެދުމެކެވެ.އެހެނީ ތިމާއަށް ކިޔާނަން ނުވަތަ ތިމާގެ ގޭގެ ނަން ނުވަތަ ތިމާ އަދާ ކުރާ ވަޒީފާ ހަމަ އެގޮތަށް ހަމަ އެނަމުގައި އަދާ ކުރާ ނުވަތަ ތިމާއަށް ކިޔާފައި ވާ ނަން ކިޔާ އެހެން ފަރާތެއް ނުވަތަ ފަރާތް ތަކެއް ހަމަ ތިބާ ނޫނަސް މި ދުނިޔޭގައި ހުރެ ދާނެ ކަމަށް އަބަދުވެސް ގަބޫލް ކުރައްވައްޗެވެ.މި އާއި ޚިލާފަށް މިބްލޮގުގައި ސާއިއު ކުރެވޭ ލިޔުމަކާ ގުޅިގެން އަޅުގަޑް ނެތްތަންތާއާއި އަދި ފެންނަހާ ތާކުން އެއްޗެހި ގޮވަން ނަހަދައްޗެވެ.އަޅުގަޑް ބިރު ގަންދުވަން ނުވަތަ މި ގޮތް ބަދަލް ކުރަން އުޅުމަކީ ބޭކާރު ކަމަކަށް ވެދާނެތީ ހަމަ ކުރިއާލާ ނަންގަނެވުނީއެވެ.އެހެނަސް އަޅުގަނޑަކީ ކުށުގެ ކަނޑުގައި ޤަރަގު ވަމުން ދާ ގަރީރަކަށްވެފަ ސަލާމަތުގެ އައްސޭރިއަށް އަބަދުވެސް ދުއާކުރާ މީހަކަށް ވާތީ ނަސޭހަތެއްގެ ގޮތުގައި އަޅުގަނޑަށް ހުށައެޅޭ އެންމެ އަކުރެއްވެސް ހިލޭ އަޅުގަނޑް ދޫ ނުކުރާނެ ކަމުގެ ޔަގީން ކަން ދެމެވެ.އެހެނީ އަޅުގަޑް އަބަދުވެސް ހެޔޮނަސޭހަތް ގަބޫލް ކުރާނަމެވެ.
އަޅުގަޑްގެ އަޒްމަކީ އަދި ދެގޮތެއް ނުވާނެ އުއްމީދަކީ ދުރުނޫން މުސްތަގްބަލެއްގައި މި ބްލޮގު ލަންދޫގައި މިހާރުވެސް ހިންގަމުންދާ އެހެން ބްލޮގްތަކާއި ސައިޓް ތަކަށް ވުރެ އާންމުންގެ މަގްބޫލް ބްލޮގަކަށް ހެދުމެވެ.އެގޮތުން އަޅުގަޑް ކޮންމެ ފަންތިއަކާވެސް ގުޅޭ ލިޔުން ތަށް އަބަދުމެ ސާއިއު ކުރެވޭތޯ ބަލާނަމެވެ
ގަބޫލް ފުޅު ކުރެއްވޭނެ ފަދައިން އަޅުގަޑަކީ މި ފަދަ ކަމެއް ކުރެވޭނެ އެއްވެސް ހުނަރެއް ހުރި މީހެއް ނޫނެވެ.އަޅުގަޑް މިހާރުވެސް ކޮމްޕިއުޓަރ ކީބޯޑަކުން ޓައިޕް ކުރާތަން ފެންނަ މީހަކު ރަހުމެއް ކިރިޔާވެސް ހިގާނަމަ ކަރުނަ އަޅާ ރޯނެއެވެ.އަޅުގަޑް ކީބޯޑަށް ފަރިތަކަމުން ހައިރާން ވެގެންނެއް ނޫނެވެ.އޭގެ ބަދަލް ގައި އަޅުގަޑް ކީބޯޑަށް ބީރަށްޓެހި ކަމުން ހިތަށް ކުރާނެ އަސަރަކުންނެވެ.ވީމާ މިފުރުސަތުގައި އަޅުގަޑްގެ މި ބްލޮގު އަޅުގަޑް ބުނި ގޮތަށް ވަރަށް އަވަދިނެތި އުޅެމުންވެސް ފަރުމާކޮއްދިން އަޅުގަޑްގެ ކުޑަބެ (ލަންދޫ އިންފޯގެ އެޑިޓަރ) ލަންދޫ އައްސޭރި އަހުމަދު ދާއޫދަށް ވަރަށް އިހުލާސްތެރިކަމާއި އެކު ތިޔަ ކޮއްދެއްވި ބުރަ މަސައްކަތަށް ސުކުރު ދަންނަވަމެވެ. މި މަސައްކަތް ކުރެވެމުން ދިޔައީ ލަންދޫގެ އެންމެ ފުންނާބު އުސް މާވަޑި އިއްސޭގެ ފުރިހަމަ އެއްބާރުލުމާއި އެކުގައެވެ.މިގޮތުން މިކަމަށް ބޭނުންވި ވަޑާމުގެ ހުރިހާޓޫލުސްއެއް އެއްވެސް އަގަކާއިނުލާ ދީފައި ވާތީއާއި ކޮއްދެއްވި އަގުނުކުރެވޭނެ ބުރަމަސައްކަތަށް އެކަންކަމުގެ އަގުވަޒަން ކޮށް މި ބްލޮގުގެ ނަމުގައި ވަރަށް އިހުލާސްތެރި ސުކުރެއް ދަންނަވަމެވެ. މިފަދަ ކޮންމެ ކަމެއް ވަރަށް ގާތުން ބަލާ އަދި މިފަދަ ކޮންމެ ކަމަކަށް މަގު ފަހިކޮއްދޭތީ އަޅުގަޑްގެ ދިރި އުޅުމުގެ ހަޔާތުގެ ނަވުގެ ސީނިއަރ ކެޕްޓަން އާދެ އަޅުގަޑްގެ އަންހެނުން މަރިޔަމް ސާތިރާއަށް ނިމުމެއް ނުވާނެ ފުން ލޯތްބަކާއި އަދަދެއް ނުވާނެ ހެޔޮ ދުއާ ތަށް އަރިސް ކުރަމެވެ.
ނިންމާލަމުން ބުނެލާހިތް އޮތީ"ވަޅު ކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ"."ފުރިފަ ހުރިނަމަ ގުޑްގުޑެއް ނާޅާނެއެވެ"."ކަނޑްވީމަ ކަނޑްވެދާނެތީ ގަންނަބިރު ކުޑަވާނެއެވެ"ރާއްޖޭގެ އެންމެ އަދަބު ބޮޑެތި ޖަލްތަކުގެ ކުޑަ ގޮޅީގައި އޮވެލުމުގެ ނަސީބު ލިބުނީމަ އެކަމުގެ ބިރުވެސް ކެނޑިއްޖެއެވެ.ރާއްޖޭގެ މަސްހޫރު ހުރިހާ ކޯޓެއްގެ ދޮރުން ވަދެވުނީމަ އެކަމުގެ ބިރުވެސް ފަހަނައަޅާ ހިގައްޖެއެވެ..ތަހުގީގުގައި އަދަދު ނުކުރެވޭހާ ގިނައިން އެކިގޮތްގޮތަށް ބިޑި އަޅުވާފަ ވިޔަތީ ނަސީބަކުން އެބިރުވެސް މުޅިންމެ ނެތިއްޖެއެވެ.
ދުޢާޔަކީ މާތްﷲ އަޅުގަނޑުގެ މިމަސައްކަތުގައި ބަރަކާތް ލައްވާ ހެޔޮގޮތް މިންވަރު ކުރެއްވުން.
ވަލްހަމްދުﷲ.ވަރަށް ބޮޑަށް ސުކުރިއްޔާ
www.saamaraalive.tk
ފަރުހާދު ހުސައިން


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on ""ސާމަރާލައިވު"ގެ ނަމުގައި އަލްއަޚު ފަރުހާދު ހުސައިން މުޅިން އާބްލޮގެއް ހިންގަން ފަށާފި"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ