Sunday, October 31, 2010

ލަންދޫގައި ހުރި އެންމެ މޮޅު ، ބޮޑު، އަދި އަގުބޮޑު ކޮމްޕިޓާރ ބޭނުންކޮށްގެން ހެދި ލޯގޯ އެއްވަނަ އަށް



މިއަހަރުގެ އާރު.އެސް ލިޔެސް ހޮލިޑޭކަޕުގައި ވާދަކުރާ އެންމެ ފަހުގެ ރަނަރަޕް ކުލަބް ޗެލެންޖާސްއިން އެޓީމުގެ ޕެޕްސީ ލޯގޯ އަށް ގިނަ ބަޔަކު ފާޑްކިޔަމުން ދާތީވެ ، އާ ލޯގޯ ފާސްކޮށްފިއެވެ.
އެއްވަނަ އަށްދާ ލޯގޯ ހުށައަޅާ ފަރާތަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާ ދޭ ގޮތަށް މުޅިރަށަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅި ލޯގޯތަކުގެ ތެރެއިން އެއްވަނަ އަށް ހޮވިފައިވަނީ ލަންދޫ ހީނާވިލާ ހުސައިން ޖަވާދު (ޖަވާ) ހުށައެޅި ލޯގޯއެވެ.
ލަންދޫގައި ހުރި އެންމެ މޮޅު އަގުބޮޑު ކޮމްޕިޓާރ ބޭނުންކޮށްގެން ހުސައިން ޖަވާދު (ޖަވާ) ވަނީ ވަރަށް ގިނަ ލޯގޯތަކެއް ހުށައަޅާފައެވެ. އަދި މިކަމަށް ވަރަށް ގިނަ ވަގުތު ހޭދަވި ކަމުގައި ޖަވާ މައުލޫމާތު ދިނެވެ.
ޖަވާޔަކީ ޗެލެންޖާސް އާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކުޅުންތެރިޔެއް ކަމަށް ބުނެ ، ލޯގޯ ހުށައެޅި ބައެއް ފަރާތްތަކުން ދަނީ ރިސްފަތުގެ މައްސަލަޔެއް ކަމަށް ތުހުމަތު ކުރަމުންނެވެ.
މިފުރުޞަތުގައި އެއްވަނަ ލޯގޯ އަކަށް ޖަވާ ހުށައެޅި ލޯގޯ ހޮވިފައިވާތީ ޖަވާއަށް މިސައިޓްގެ ފަރާތުން ވަރަށް ހޫން މަރުހަބާ އެއް ކިޔަމެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލަންދޫގައި ހުރި އެންމެ މޮޅު ، ބޮޑު، އަދި އަގުބޮޑު ކޮމްޕިޓާރ ބޭނުންކޮށްގެން ހެދި ލޯގޯ އެއްވަނަ އަށް"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ