ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) އިން 2008 ވަނަ އަހަރު އިންތިޒާމްކޮށް ކާމިޔާބުކަމާއި އެކު ބޭއްވި " ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އެފް. ސީ އޮކާޗީގެ އެންމެ މުޙިއްމު އެއްކުޅުންތެރިޔާ ހުސެންޖަވާދު ( ޖަވާ ) އެޓީމް ދޫކޮށް ނުދާނެ ކަމުގައި އެފް. ސީ އޮކާޗީގެ މެނޭޖާރ އަދި ޖަވާގެ ބައްޕަ އަބުދުއްރައްޒާގު މުހައްމަދު ވިދާޅު ވެއްޖެއެވެ.
ރޭގެ 8:30 ގައި ހޮޓަލް ހުރިވަރުގައި ބޭއްވުނު އެފްސީ އޮކާޗީގެ މިއަހަރުގެ ފުރަތަމަ ބައްދަލްވުމުގައި ވާހަކަ ދައްކަމުން ވަނީ އެޓީމްގެފަރާތުންި އެފް. ސީ އޮކާޗީގެ މެނޭޖާރ އަބުދުއްރައްޒާގު މުހައްމަދު ބުނުއްވީ ޖަވާ ޓީމު ބަދަލު ނުކުރާނެ ކަމަށާއި ޓީމު ދޫކޮށްފައި ދިއުމުގެ ބޭނުމެއް ނޯނާނެ ކަމަށެވެ.
އަމިއްލަ ޖީބުން ހަރަދު ކުރުމަށް ތައްޔާރަށް ހުރި އެފް. ސީ އޮކާޗީގެ މެނޭޖާރ އަބުދުއްރައްޒާގު މުހައްމަދު ބުނަމުންދަނީ ހަރަދަށް ނުބަލައި ރަގަޅު ފެންވަރުގެ ކުޅުންތެރިން ގަތުމަށެވެ.
އެފް. ސީ އޮކާޗީގެ މެނޭޖާރ އަދި ޖަވާގެ ބައްޕަ އަބުދުއްރައްޒާގު މުހައްމަދު މީޓިން ނިންމާފައި ބުނުއްވީ މިއަހަރު އެފްސީ އޮކާޗީގައި ޖަވާ ބެހެއްޓުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ ކަމުގައެވެ.
ޖަވާގެ ޓީމު ބަދަލު ކުރުމަށް ރޭގެ މީޓިންގައި އޭނާ ވަނީ އެދެފައެވެ. އަދި ބައެއް މެމްބަރުން ބުނަމުންދަނީ ދާން އުޅޭ މީހަކު ދޫކޮށްލުމަށެވެ. އަނެއް ބަޔަކު ބުނަމުން ދަނީ މިއަހަރުގެ ތަށި ދިފާއު ކުރުމަށް ބެހެއްޓުމަށެވެ.
މިހާރު ވަނީ ޖަވާ އަށް ވިސް ނުމަށް އިތުރު ފުރުސަތެއް ދީފައެވެ. ދެން އިތުރަށް ޖަވާ އެދެފިނަމަ ގޮތެއް ނިންމާނީ މެނޭޖްމެންޓުންނެވެ.
އެފްސީ އޮކާޗީގެ މެނޭޖްމެންޓުގައި ހިމެނޭ ހަތަރު ބޭފުޅުންނަކީ އިބުރާހިމް ފާއިޒް ( ސޮޕަޓް ) މޫސާ ހުސެއިން ( މިހާސް ) މުހައްމަދު އިބުރާހިމް ( މޯޑް) ޔޫސުފު އަބުދުއްރަހީމް ( ޔޫއްޓޭ ) އެވެ.
0 ޚިޔާލު: on "ޖަވާ ޓީމް ދޫކޮށް ނުދާނެ ކަމުގައި އެފް. ސީ އޮކާޗީގެ މެނޭޖާރ އަދި ޖަވާގެ ބައްޕަ އަބުދުއްރައްޒާގު މުހައްމަދު ވިދާޅު ވެއްޖެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ