އެއްޒަމާނެއްގައި އުޅުނު ބުއްދިވެރި މުސްކުޅިއެކެވެ. އޭނާގެ 4 ދަރިންތިބެއެވެ. މަންމަ އަކާނުލައި ވަރަށް ދަތިހާލުގައި ،މި 4 ކުދިން ބަލާ ބޮޑު ކުރިއެވެ. ނަމަވެސް މި4 ކުދިން އެކަކު އަނެކަނު ދެކެ އިންތިހާއަށް ނަފްރަތް ކުރެއެވެ. ކޮންމެ ކުއްޖަކުވެސް އުޅެނީ އެކުއްޖެއްގެ އަމިއްލަ ކަންތައް ކުރުމުގައެވެ. ދުވަސްތައް މިގޮތަށް ގޮސް މުސްކުޅިބޭ ވަރަށް ބަލިހާލު ބޮޑު ވެއްޖެއެވެ. އެއްދުވަހެއްގެ ހެދުނު ވަގުތު މުސްކުޅިބޭ 4 ކުދިންނަށް ގޮވާލިއެވެ. މުސްކުޅިބޭ 4 ކުދިން ގާތު ވަލަށް ގޮސް އެކުއްޖަކަށް ކެނޑުނު ވަރަށް ދަނޑި ކަޑައިގެން ގެނެސްދޭން ބުންޏެވެ. މިހެންބުނުމުން 4 ކުދިންވެސް އައީ ރަގަޅު ވަރުގެ ދަނޑި ބޮޑިއެއް ކަނޑައިގެންނެވެ. ދެން މުސްކުޅިބޭ ކޮންމެ ކުއްޖަކު ދަނޑިއެއް ހިފައިގެން އައުމަށް ބުންޏެވެ. އަދި ކޮންމެ ކުއްޖަކުވެސް އަތުގައި އޮތްދަނޑި ބިންދާލަން ބުންޏެވެ. މިހެން ބުނުމުން ކޮންމެ ކުއްޖަކުވެސް އަތުގައި އޮތް ދަނޑި ބިންދާލައިފިއެވެ. މިއައްފަހު މުސްކުޅިބޭ ހުރިހާދަނޑިއެއް އެއްބޮނޑި އަކަށް ބަންނަށް ބުންޏެވެ. ބަނދެނިމުނީމާ، އެދަނޑި ބޮޑި ބިންދާލަން ބުންޏެވެ. އެކުދިންއެއީ ނުވާނޭ ކަމެއްކަން އެނގިހުރެވެސް ބިންދާލަން މަސައްކަތް ކުރިއެވެ. ވަރަށް މަސައްކަތުން މިކަންތައް ނުވާނެ ކަން ޔަގީން ވުމުން 4 ކުދިން މިމަސައްކަތް ހުއްޓާލައިއެވެ. މުސްކުޅިބެ ވަރަށް ވެސް ދެރަވެލާފައި ބުންޏެވެ.” ކަލޭމެން ކުދިންވެސް މިދަނޑި ބޮޑި ފަދަ ބަޔަކަށް ވުމަށް މަސައްކަތް ކުރާށެވެ. ބައްޕަގެ ވަސިއްޔަތަކީ މިއީއެވެ. އެކަތިގަނޑަށް ތިޔަކުދިންވާށެވެ. އޭރުން ތިޔަ ކުދިންގެ މެދަކަށް އެކަކަށްވެސް ނުވަދެވޭނެއެވެ.
މިހަތަރު ކުދިން މިދުވަހަށްފަހު އުޅުނީ ވަރަށް އެކުއެކީގައެވެ. މުސްކުޅިބޭ ދުނިޔެދޫ ކުރުމުގެ ކުރިން އެދުވަސް ފެނުނީނީ މުސްކުޅިބެ ދުނިޔެއިން ވަކިވެގެން ދިޔައީ ވަރަށް ހިތްހަމަޖެހިގެންނެވެ.
ދުނިޔޭގެ ކަންތައްތައް ބަދަލުވަމުން ގޮސް، ދުނިޔެ މިވަނީ ވަރަށް ބޮޑު ހަލަ ބޮލި ކަމެއްގެ ތެރޭގައެވެ. އަޅުގަނޑުމެންގެ މިކުޑަ ކުޑަ ރަށުގެ މަދު މީސްތަކުންގެ މެދުގައި މިހާރަކަށް އައިސް ހަމަނުޖެހުންތަކާއި ވާދަވެރިކަމާއި އަރާރުންމިވަނީ ހީވެސް ނުކުރެވޭ ކަހަލަ ދަރަޖައަކަށް އިތުރުވެފައެވެ. ކޮންމެމީހަކުވެސް އުޅެނީ އަމިއްލައަށް މޮޅު ހޯދުމަށެވެ.
ވާދަވެރިކަމަކީވެސް އޮންނަށް ޖެހޭނެ ކަމަކަށްވީނަމަވެސް ވާދަވެރިކަން ވައްދައް ނުޖެހޭތަންތަނަށް ވާދަވެރިކަންވައްދަނީ ކޮންފައިދާއެއް ހޯދަންތޯއެވެ.
ބައެއް މީހުން މިބަޔާން ކުރާކަންތައްތައް ވާދައަށް ކުރަނީ ރަށަށް މޮޅު ހޯދައިދިނުމުގެ ނަމުގައެވެ. އަނެއްބަޔަކު ތަރައްގީއޭކިޔައިގެންނެވެ. ވާދަވެރިކަމާއި ހުރެ އިނގުރައިދޫ އަށް މިހާތަނަށް ލިބިފައިވަނީ ކޮން ކުރިއެރުމަކާއި ތަރައްގީއެއްތޯއެވެ. މިހެން އަމަލުތައް ހިންގަމުން އައިސް އަމިއްލަރަށާއި، ރަށުގެ މުޖުތަމަޢު ނުރައްކަލުގެ ތެރެއަށް އެއްލާލެވޭ އިރުވެސް ހަމަ ވާދަވެރި ކަމާއި މޮޅު ހޯދުމުގައި އަދިވެސް ތިޔަތިބެނީ ބޮޑު ރިޔާ ނަގައިގެން ހެވިދިވިފައެވެ.
ނަމަވެސް ވާދަވެރިކަމުގެ ދަންމާނު މިހާރު ދޫކުރަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. މާބޮޑަށް ލަސްވެސް ވެއްޖެއެވެ. ބައިބައިވެގެން ވާނެ މޮޅުތަކެއް ނޯންނާނެ ކަންވެސް ގަބޫލު ކުރަންވެއްޖެއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަށަށް މޮޅާއި ލާބަ ހޯދޭނީ އެންމެން އެކަތި ގަނޑަކަށްވެގެން، އެއްބައިވަންތަ ކަމުގެ ގުޅުން ގާއިމު ކުރެވިގެންނެވެ. ނޫނީ އަޅުގަނޑުމެންވާނީ މުސްކުޅިބެގެ 4 ދަރިންނަށް 4 ދަނޑިއަށް ވީގޮތެވެ.
0 ޚިޔާލު: on "ބުއްދިވެރި މުސްކުޅިޔާ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ