Sunday, October 10, 2010

އަޅުގަނޑު މެން ދިވެހިންނަކީ މުސްލިމުނަށް ވީ ހިނދު ދީނީ ހެދުން އެޅުމަށް ސަމާލުކަން ދޭންވާނެ


" އަހަންނަކީ ދިވެއްސެއް" މީ މިއަދު ކޮންމެ މީ ހަކުވެސް ފަޚުރުވެރިވެފަ ހިނުތުން ވުމާއެކު ބުނެލާ ޖުމްލައެކެވެ. މިޒަމާނުގައި ފަޚުރުވެރިކާމާއެކު އެގޮތަށް ބުނުމުގެ ހައްޤު ކިތައް ދިވެހިންނަށް ލިބިގެން ވޭ ބާވައެވެ. އަޅުގަނޑު މެންގެ ކާބައިން ގެނެސްދިން ރީތި އާދަކާދަ ދިރުވަން މަސްކަތް ކުރަނީ ކިތަށް ދިވެހި ދަރިން ބާވައެވެ. ދިވެހިންނަކީ އަވައްޓެރިންނަށް ހެޔޮބައެކެވެ. ރަށަށް އަންނަ މެހުމާނުންނާއި ހިނިތުން ވުމާއެކު ބައްދަލު ކުރާބައެކެވެ. ޖެހިގެން ހުންނަގެއިން ތެލީގެ ފޫ ކަހާލާ އަޑަށް އެގެއަށް ކާއެއްޗެހި ގެންގޮސްދެއެވެ. އެހާވެސް ހިތް ތިރި ހިތް ރަނގަޅުބައެކެވެ. ހެދުން އެޅުމުގައި ރީތި އުސޫލްތަކެއް ގެންގުޅުނު ބައެކެވެ. މީ ކާބަފައިންގެ ރީތި އާދަތަކެވެ. އެއީ އެޒަމާނެވެ. މީ މިޒަމާނެވެ.
ތެދެކެވެ. އަޅުގަނޑުމެންގެ މަންމަމެން ލައި އުޅުނީ ދިވެހި ލިބާހެވެ. ބައްޕަމެން ލައިއުޅުނީ ހަމައެކަނި މުންޑެވެ. އެގޮތަށް ހުންނައިރު އައުރަނިވާވެއެވެ. އެއީ މިޒަމާނާގުޅޭ ހެދުންތަކަށް ނުވެދާނެއެވެ. ޒަމާންތައްބަދަލުވެ އަޅުގަނޑު މެންގެ ހެދުން އެޅުމުގެ އުސޫލްތަކަށް ވެސް މިއަދު މިވަނީ ވަރައްބޮޑު ބަދަލުތަކެއް އައިސްސައެވެ. މިބަދަލުތަކާއެކު އަންހެންޖިންސްގެ ހެދުންއެޅުމަށް އައި ބަދަލުތަކާމެދު ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑު މެންވިސްނާލަމާތޯއެވެ.
ބައެއްކުދިން ލައިގެން ހުންނަ ހެދުމުގެ ސަބަބުން އެކުއްޖާގެ ނާޒުކީ ގުނަވަންތަށް ފާޅުވާހިސާބައް ދެއެވެ. ފިރިހެންޖިންސްގެ ކުދިން ދޫހެދުން ލީކަމުގައި ވިޔަސް އެހެދުން މާދުވެގެން ގޮއްސް އުނަގަނޑު ފެންނަ ހިސާބަށް ދެއެވެ. މީ ޒަމާންވުމުގެ ބޭނުމުގައިދިރުވަމުން ދާއަދައެކެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ހެދުން އަޅާއުޅެނީ މުނާސަބަތަކާ ގުޅޭގޮތުންނެވެ. އަޅުގަނޑުމެންގެ ކާބަފައިން ކަންތަށް ކޮށްފައިވަނީވެސް އެގޮތަށެވެ.
ފުޓްބޯޅަ ކުޅެންދާއިރު ކޯޓްފަޓްލޫނުގައި ހުރުމުން އެކަނތައް އެކަމާ މުނާސަބު ނުވާނެއެވެ. ރާޅާ އަޅާހެދުމުގަ ކައިވެނި ޕާރޓީ ތަކަށް ދިޔުމުން އެމުނާސަބާތާއި ނުގުޅޭނެއެވެ. ދިބެހިންނަކީ ޒަމާނުއްސުރެ ވަކި ގޮތަކަށް ލޭބަލް ކުރެވިފައިވާ ބައެކެވެ. ހަރުދަނާ ގޮތެއްހުންނަބައެއް ގޮތުގައެވެ. އަޅުގަނޑު މެން ކޮންމެމީހަކުވެސް އެމީހަކު އަމިއްލަނަފްސާމެދު ވިސްނާ ތިމާއަށް ހެދުން އެޅެނީ މުނާސަބަތާ ގުޅޭގޮތުން ތޯ ވިސްނާލުން ބުއްދިވެރިއެވެ.
އަޅުގަނޑު މެން ދިވެހިންނަކީ މުސްލިމުނަށް ވީ ހިނދު ދީނީ ހެދުން އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. ދީނުގައި ވަކިކަހަލަ ހެދުމެއް ބޭނުންކުރުމަށް އަންގަވާފައެއް ނުވެއެވެ. ދީނުގައި ވަނީ އައުރަ ނިވާ ކުރުމަށެވެ. ދީނީ ހެދުން އެޅުމަކީ ތިމާގެ އައުރަ ނިވާ ވާގޮތަށް ހެދުން އެޅުމެވެ.އެއި ބޮލުފޮތި އެޅުމެއްވެސް ނޫނެވެ. ޖުއްބާ ލުމެއްވެސްނޫނެވެ.
ނޯޓް: އަންހެނާގެ އައުރައަކީ މޫނާ ދެ އަތްތިލަ ނޫން ހުރިހާ ތަނެކެވެ. ( މިކަމާމެދުގަވެސް ޢިލްމުވެރިން އިޚްތިލާފް ވެއެވެ) މީ އެންމެ ރަނގަޅު ގޮތް ކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "އަޅުގަނޑު މެން ދިވެހިންނަކީ މުސްލިމުނަށް ވީ ހިނދު ދީނީ ހެދުން އެޅުމަށް ސަމާލުކަން ދޭންވާނެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ