
ރަށުގެ ބޮޑުބައެއްގައި ޗަކަބިން އޮންނަ ލަންދޫގައި ކުއްޅަވައް ހެދެންފެށި ތާރީހެއް ސާފުވާން ނެތް ނަމަވެސް ރާއްޖޭގައި އެންމެ ގިނައަދަކަށް ކުއްޅަވައް ހެދިފައިވަނީ ލަންދޫގައެވެ. ބޮޑުމިނުގައި ގާތްގަޑަކަށް 79 ހެކްޓަރު ހުންނަ، ނ. ލަންދޫގައި ގިނަ އަދަދަކަށް ކުއްޅަވައް ގަސް ހެދިފައި ވެއެވެ.
ރައްޓެހިންނަށް ހަދިޔާ އަށް ފޮނުވުމަށާއި ވިޔަފާރީގެ ގޮތުން ކުއްޅަވައް ދަނީ ބޭނުން ކުރަމުންނެވެ. ރަށަށް އަންނަ އެންމެ އާދައިގެ މީހުން ފެށިގެން ގޮސް އެންމެ މަތީ ފެންވަރުގެ ބޭފުޅުންވެސް ދަނީ ކުއްޅަވައް ފަލަށް ޒިޔާރަތް ކޮށް ކުއްޅާކުގެ ރަހަ ބަލަމުންނެވެ.
އެންމެ ފަހުން ލަންދޫއަށް ވަޑައިގަތް މިނިސްޓަރ އޮނަރަބަލް މުޙައްމަދު ޝިހާބު ވެސް ވަނީ ލަންދޫގައި މަޑުކުރުމަށް ލިބުނު މަދުވަގުތުކޮޅުން ، ވަގުތެއް ކުއްޅަވައް ފަލަށް ދީ ކުއްޅަވައް ޓެސްޓް ކޮށްފައެވެ. ކުއްޅަވައް ފަލަށް މިނިސްޓަރ އޮނަރަބަލް މުޙައްމަދު ޝިހާބު ވަޑައިގަތީ އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޢަލީ އާއި އެކުއެވެ.
އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޢަލީއަކީ ކުއްޅަވައް މީރު އަދި ތިމާވެއްޓަށް ނުހަނު ލޯބި ކުރައްވާ ބޭފުޅެކެވެ. ކުއްޅަވައް ފަލަށް ކުނި ނޭޅުމަށާއި ގަސްތަކަށް ގެއްލުން ނުދިނުމަށް އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޢަލީ މިނިސްޓަރ އޮނަރަބަލް މުޙައްމަދު ޝިހާބު އިލްތިމާސް ކުރެއްވިއެވެ.
0 ޚިޔާލު: on "ސީދާ ކުއްލަވައް ފަލުގެ ތެރޭގައި ހުންނަވައިގެން ކުއްޅާކުގެ ރަހަ މިނިސްޓަރ އޮނަރަބަލް މުޙައްމަދު ޝިހާބު ބައްލަވައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ