މިއީ ބޮޑަތި މީހުންނަށް އަމާޒުކޮށްގެން ލިޔާ ލިޔުމެކެވެ. 18 އަހަރުން ދަށުގެ ކުޑަކުދިން މިލިޔުން ކިޔުމަކީ އެހާ އެދެވިގެންވާ ކަމެއްނޫނެވެ.
މުރާސިލްގައި ލިޔެފައިވާ ލިޔުމެއް ކިޔާލައިފީމެވެ. އޭގައި އޮތީ ފިރިހެނުންގެ ބޮޑު ސިއްރެއް ހާމަވިވާހަކައެވެ. ސިއްހީ ގޮތުން އެމީހުންގެ ނުކުޅެދުންތެރި ކަމެއްގެ ވާހަކައެވެ. އާދެ! ދިރިއުޅުމުގެ ވަރަށް މުހިންމު އުފަލެއް އެންމެ އެދެވޭ ގޮތުގައި ހާސިލް ނުވުމުން ދިމާވާ ނުކުޅެދުންތެރިކަމެކެވެ. ޖިންސީގުޅުން އެއީ ފިތުރީ ގޮތުން ކޮންމެ އިންސާނެއްގެ ކިބައިގައި ލައްވާފައިވާ ވަރަށް މާތް އަގުހުރި ޖައުހަރެކެވެ. އެކަމުގައި ނިއުމަތް އިތުރުކުރައްވާފައިވާ އިންސާނުން މަދުނަމަވެސް ގިނައީ މިދާއިރާގައި ފޭލި އަނދެގެން ތިބި މީހުންނެވެ. އެކަމާ ހިތާމަ ކުރެއްވުމުގެ ބޭނުމެއް ނެތެވެ. އެހެނީ އެއިގެ ހައްލު އޮތީމައެވެ. މުރާސިލްގެ ލިޔުމުގައި ތިބާއަށް ނާއުންމީދު ހިޔާލާތެއް ލިބުނުނަމަ އަހުރެން ތިބާއަށް އުފާވެރިކަމުގެ ހަބަރު ދެމެވެ. އިރާދަކުރެއްވިއްޔާ މިގައިޑްލައިން ކިޔާލުމުން ތިޔަ މައްސަލައިގެ ހައްލު ލިބުނީއެވެ. އެކަމަކު އަދިވެސް އެއްފަހަރު ހަބަރުދާރު ކުރަމެވެ. މިއީ ކައިވެނި ކޮށްގެން ތިބޭ މީހުންނަށް ދޭ ހަދިޔާއެކެވެ. ތިބާ ފަދަ ކުޑަކުދިންނާއި ނުގުޅޭ ވާހަކައެއް ހުރެދާނެތީ ބިރުގަންނަމެވެ.
ހަޤީޤަތުގައި އަނބިފިރިކަމުގެ ގުޅުން ހިންގުމުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން ދެމަފިރީންގެ ގުޅުން ގޯސްވެ މާޔޫސްވެ ދިރިއުޅުން މަތިން ފޫހިވެ އަދި އެންމެ ފަހުން ބޭވަފާތެރިކަމުގެ ހިތިކަން ތަހައްމަލު ކުރަންޖެހޭ ދިވެހި ފިރީންގެ އަދަދު ދުނިޔޭގެ އެހެން ތަންތަނެކޭ އެއްފަދައިން ވަރަށް ގިނައެވެ. މިއީ ހައްލު ނުކުރެވޭނޭ މައްސަލައެއްކަމަށް ޤަބޫލު ކުރުމަކީ މޮޔަކަމެކެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އަޅުގަނޑު އަމިއްލައަށް ދަނެ ފަރިތަ ހާދިޘާތައްވެސް ވަރަށް ބައިވަރެވެ. އެގޮތުން އަންހެނަކު އޭނާގެ ފިރިމީހާއާއި ދިމާއަށް ކަލޭގެ އޮންނަނީ ވަރަށް ކުޑަ ..... ބުނި ވާހަކަ އެއީ ރަށުގައި މަޝްހޫރު ވާހަކައެކެވެ. އަދި އަންބަކު އޭނާގެ ފިރިމީހާ ދޫކޮށް އެހެން މީހަކާއި ރައްޓެހިވީ އެދެމީހުންގެ އެތެރޭގެ ގުޅުން ހީނަރު ވުމުން ކަމުގައި އަޑުއިވެއެވެ. ހައްތާވެސް އިންސާނެއްގެ ޢީރަތްތެރިކަން ފޫއަޅުވާލާ ނަފްސުގެ އިތުބާރު ހަލާކުކޮށްލާ ކަންތައްތަކެވެ. މިފަދަ ހާދިޘާއެއް ތިބާގެ ދިރިއުޅުމުގައި ދިމާވެފައިވަނީ ޖިންސީ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމަށް ތިބާ ގަބޫލުކުރައްވާނަމަ ނިކަން މި ލިޔުން ވިދާޅުވެލައްވާށެވެ.
ކުރިމަތިވަނީ އާންމުގޮތެއްގައި ދެ މައްސަލައެކެވެ. ފުރަތަމައީ މުރާސިލްގެ ލިޔުންތެރިޔާވެސް ވިދާޅުވިފަދައިން ހިތާނުކުރުމުގައި ނޭގޭމީހުންއަތުން ހެދޭ ގޯހެވެ. އެއިގެ ސަބަބުން ތިމާއަކީ 'އުނި' މީހެއްކަމަށް ޤަބޫލުކުރެވެނީއެވެ. އެހެނަސް އެއީ ލައިނުގެ ކޮޅެއްނޫނެވެ. ގޮތްހުސްވެ ބޯގޯސްވާންވީ ސަބަބެއް ނޫނެވެ. ދެވަނަ މައްސަލައަކީ ދިވެހީންގެ ގިނަ މީހުންގެ ޝަކުވާއެވެ. މާއަވަހަށް އެދުން ފުދުމެވެ. އަންހެންމީހާގެ ބޭނުންތައް އޮތްތާގައި އޮތްވާ އަމިއްލަ މީހާގެ ބޭނުން ފުދިގަންނަ މިފަދަ މީހުންނަކީ ނޭގުމެއްގެ ތެރޭގައި ގޯސް ހެދޭބައެކެވެ. މިފަދަ މީހުންދެކެ އަނބީން ފޫހިވާނެއެވެ. ގުދުރަތީގޮތުން މިފަދަ ދެރަގޮތެއް މެދުވެރިވެފައިވާ މީހުންނަށް ތިޔަ ލޮބުވެތި އަންހެން ބޭކަނބަލުންވެސް އެހިތެރިވެދެއްވާށެވެ.
މައްސަލަތައް ދިމާވެފައިވާ ބޭފުޅުންގެ ފުރަތަމަ ހައްލަކީ ޖިންސީގޮތުން ދުޅަހެޔޮ އިންސާނަކަށް ވުމެވެ. ހަޤީޤީ ކާމިޔާބުގެ ފަހަތުގައި އޮތީ ދުޅަހެޔޮ ސިއްހަތެކެވެ. އެހެންކަމުން އެ ދުޅަހެޔޮކަން އަށަގެންނެވުމަށްޓަކައި ކެއިންބުއިމުގެ އާދަތަކަށް މިދަންނަވާ ބަދަލު ގެންނަވާށެވެ. ކެއުމުގައި ފިރިހެނުން ފަޅޮލާއި އޮއިސްޓާރ ފަދަ އެއްޗިއްސާއި އަންހެންބޭކަނބަލުން ދޮންކޭލާއި ކެރެޓްފަދަ އެއްޗިހި ބޭނުންކުރުން ގިނަކުރައްވާށެވެ. އަދި ހެނދުނުގެ ނާސްތާއާއި އެކު ގާލިކް (ލޮނުމެދު) ބްރެޑްގެ ގޮތުގައި ވިޔަސް ބޭނުންކުރައްވާށެވެ. އަދި މޭވާއާއި ފެންގިނައިން އެކުލެވޭ މޭވާ ބޭނުން ކުރުން ގިނަކުރައްވާށެވެ. މިދެންނެވި ފަދަ ތައްކެއްޗަކީ އިންސާނާގެ ޖިންސީ ދުޅަހެޔޮކަމަށްޓަކައި އެހީތެރިވެދޭ މާއްދާތަކާއި ފެކްޓާތައް އެކުލެވޭ ތަކެއްޗެވެ. އެއިގެ ސަބަބުން މީހާގެ ސިއްހަތު ރަގަޅުވެ ލޭގެ ދައުރުވުން ގުދުރަތީ ގޮތުން ފަސޭހަވެއެވެ. ކަރާގިނައިން ބޭނުންކުރުމަކީ މިދަންނަވާފަދަ ބާރުލިބޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. މިއީ ހަމަ ވައަގްރާ ފަދަ ބޭސްތަކުން ވެސް ފުއްދައިދޭ ބޭނުމެވެ. އާދެ! ލޭގެ ދައުރުވުން ފަސޭހަކޮށްދިނުމެވެ. އެހެންކަމުން އަވަހަށް ކަރާއާއި އެފަދަ މޭވާ ބޭނުން ކުރައްވައި ބޭހުގެ ނުރައްކާތަކުން މިންޖުވާށެވެ.
ދެވަނަކަމަކީ މިހާރު ތިޔަބޭނުން ކުރައްވާ ބޭސްތަކާއި ޖެލާއި ސްޕްރޭ ހުއްޓާލުމެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކުރުމެވެ. ތިމާއަކީ ދުނިޔެއަށް ނުކުޅެދޭމީހަކަސް ތަފާތު އެހެން ދާއިރާއަކުން އެހެން މަގަކުން އެހެންމީހުން ފަދައިން ކަންކަމަށް ކުޅެދޭމީހެއްކަމަށް ޤަބޫލުކުރުމެވެ. ދިވެހީންނަށް ވަރަށް ގިނައިން ވާކަމެކެވެ. އަނބިފިރިކަމުގެ ގުޅުން ހިންގުމަށް ތައްޔާރު ނުވެ އެކަމަށް ފެއްޓުމެވެ. ފަހެ ކޮންމެ ކަމަކަށްވެސް ނިޔަތް ގަންނަން ޖެހެއެވެ. އޮފީހުގެ ވަރުބަލި ކަމުގައިއާއި، ނުސާފު ކަމުގައި ގުޅުން ހިންގުމަކީ މީހާގެ ޝައުޤު ހަލާކުކޮށް ނަފްސާނީގޮތުން ނިކަމެތިކުރުވާ ކަމެކެވެ. އެހެންކަމުން ގުޅުން ހިންގުމުގެ ކުރީން ސާފުތާހިރުކަންމަތީ ހުރުމަށް އާދަކުރާށެވެ. އަދި ވަރުބަލިވެ ހާސްކަމުގައި އެކަން ކުރުމަށް ނުފަށާށެވެ. މިފަދަ ކަންކަމުން ލިބޭ ލައްޒަތައްވުރެ އަންނަ ބޯރިހުންތައް ބޮޑުވާނެއެވެ. އަދި ފަހުން ތިމާމީހާ މިކަން އާދައަކަށް ހަދައިފިނަމަ ކުޅެދޭމީހަކުވެސް ނުކުޅެދޭމީހަކަށް ވެދާނެއެވެ. ހަމަޖެހިގެން ފަރުވާތެރިވާށެވެ.
ދެންއޮތީ ހަޤީޤީ މައްސަލައެވެ. އަދި އެއިގެ ހައްލެވެ. ހިތާނުކުރުމުގައި ދިމާވާ މައްސަލައަކުން ގުނަވަނުގެ ހާލަތައް ބަދަލު އަންނަކަމަށް ފާހަނގަ ކުރެވޭތީ ގިނަ އަންހެނުން ޝަކުވާކުރެއެވެ. އަދި ފިރިމީހާގެ ބާރެއްނެތްކަމަށް ޤަބޫލުކުރެވެއެވެ. އަދި މައްސަލަތައް ފެންމަތިވާން ފަށައެވެ. ޖިމާއުވުމުގައި ފިރިހެންހަށީގެ ވާގިނެތިއްޖެނަމަ ކަންބޮޑުވެ ހާސް ނުވާށެވެ. ދިރިއުޅުމުގެ ބުރަކަމުންވެސް ނުވަތަ ގަދައަށް ވިސްނާކަމެއްގެ ސަބަބުންވެސް އަދި ނާރުތަކުގެ އެތުރުންތަކުގެ ސަބަބުން ލޭގެ ދައުރުވުން ލަސްވުމުންވެސް މިފަދަ ގޮތެއް މެދުވެރިވެދާނެއެވެ. އެހެންކަމުން މިއިން ކޮންމެ ގޮތަކުން ވިއަސް ތިބާއަށް ގުނަވަނުގެ ހަރުކަން ކޮޑިއްޖެކަމަށް ފާހަނގަ ކުރެވޭނަމަ ޖިންސީ ގުޅުން ހިންގުމުގެ ގޮތްތަކުގެ ތެރެއިން އޯރަލްސެކްސް ނުވަތަ އެއާއި އެއްފަދަ އެހެން ގޮތަކުން އުފާލިބިގަތުން ކުރިއަށް ގެންދާށެވެ.
ތިބާގެ ގުދުރަތީ އެހެން ގުނަންތަކުގެ އެހީގައި މިފަދަ އެދުން ފުއްދުމަށް ޖާގަ ހުސްކުރުމުގެ ބޭނުމަކީ ފިރިހެންހަށީގެ ބާރު ކެނޑޭވަގުތު ކަންބޮދުވެ ލަދުގަނެ އަދި މާޔޫސްވުމުން ދުރުވެގަތުމެވެ. އިރުކޮޅަކުން ތިބާގެ ގުނަވަނަށް ލޭގެ ދައުރުވުން އިތުރުވުމުން ކުރީގެ ހާލަތައް ރުޖޫއަވާނެއެވެ. ދެން އެވީ ޕެނިޓްރޭޓަނަށް ދާށެވެ. މިގޮތަށް ކިތަންމެ ފަހަރަކު އެދުން ހާސިލްވުމާއި ދެމެދު ހިނގައިދާނެއެވެ. ކަންބޮޑު ނުވެ ކުރިއަށް ގެންދާށެވެ. އެހެނީ އެއިރުން އަނބިމީހާގެ އެދުންވެސް ފުއްދައި ދެވެއެވެ. އަދި މީގެ އިތުރުން ތިބާގެ ނަފްސަށް އޮތް އިތުބާރުވެސް ބޮޑުވަމުން ދާނެއެވެ. ގިނައިރު މިފަދަ ހާލަތެއްގައި ތިބުމަށް އަނބިމީހާގެ އެހީތެރިކަމާއި އަޅާލުމާއި ހިތްވަރުގެ އިތުރުން ވަގުތު ބޭނުންވެއެވެ. ވީމާ ދުރާލާ ތައްޔާރުވާށެވެ.
ދެވަނަ މައްސަލައަކީ އަވަހަށް އެދުން ފުދުމެވެ. އަންހެން ކުދިންގެ ޝަކުވާއަކީ މިއީއެވެ. އެކަމަކު ހަޤީޤަތަކީ ދުނިޔޭގެ މެޖޯރިޓީ ފިރިހެނުންނަކީ އެވްރެޖް ގޮތެއްގައި 4 މިނިޓާއި 15 މިނިޓްގެ ވަގުތުކޮޅެއްގެތޭރޭގައި އެދުން ފުދޭ މީހުންނެވެ. އެހެންކަމުން ތިބާ ލަދުގަތުމުގެ ބޭނުމެއް ނެތެވެ. ނިކަން ކެރިގެން ހައްލު ހޯދާށެވެ. މިއީ ގުދުރަތީ ގޮތުން ކަން އޮންނަ ގޮތްކަމުން މިކަމަށް ތިބާ އަމިއްލައަށް މަސައްކަތް ކުރާށެވެ. އެގޮތުން ގުޅުން ހިންގާއިރު އަބަދުވެސް ކަކުލު ހުޅުން ލަންބާލައިގެން ހުންނާށެވެ. މިއީ މުޖައްރިބު ފަންޑިތައެކެވެ. އެއިރުން ގިނައިރު ހިފަހައްޓާލެވުމުގެ އިތުރުން މައްސަލައިގެ ހައްލުވެސް ލިބުނީއެވެ.
ދެން އަވަހަށް ބޭރުވާ ބޭރުވުމަށް އޮތީ ޒަމާންވީ އިސްތިރިއެކެވެ. އާދެ، މެދު ކަނޑާލުމެވެ. އިނގިރޭސިބަހުން ކޯޕަސް އިންޓަރަޕްޓްސް ނުވަތަ ކޮއިޓަސް އިންޓަރަޕްޓްސް އެވެ. ގުޅުން ހިންގަމުންދާއިރު އެދުން ހާސިލް ވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ފިރިހެން ހަށި ނެރެލައި އެއިގެ ކޮޅު އިނގިލީގެ ކޮޅުން ނަމަވެސް ގޮތަކުން އޯގާތެރިކަމާއިއެކު ފިއްތާލުމެވެ. އެއިގެ ސަބަބުން ލެއިގެ ދައުރުވުން މަޑުޖެހިދެއެވެ. ދެންވެސް ވަގުތުގެ ބޭނުންކުރަންވީއެވެ.
މިދެންނެވިފަދައިން ޖިމާއުވުމުގެ ތެރޭގައި ހަށީގެ ހަރުކަން ގެއްލި ވާގި ނެތިއްޖެނަމަ އެހެން ގޮތަކުން ކުރިއަށްދިއުމާއިއެކު، ކުރީގެ ހާލަތައް އައުމުން ޖިމާއުވެވޭނެތެވެ. ފިރިހެނުންގެ ކަންބޮޑުވުންތަކަށް މިއީ ހައްލެކެވެ.
ދަންނަންވީކަމަކީ މަސްތުވާތަކެއްޗާއި ދުންފަތަކީ ހަތުރެއްކަމެވެ. މަސްތުވާތަކެތި ބޭނުންކޮށްގެން ގިނައިރު ހިފަހައްޓާލެވޭ ވާހަކައަކީ ބޮޑު ދޮގެކެވެ. އެހެނީ ތިމާގެ ހިއްސުތަކަށް ބާރުނުފޯރުވޭ ހާލަތުގައި އެހެންމީހަކު ހިންހަމަޖައްސައި ނުދެވޭނެތީއެވެ. އަންހެންކުދީންނަށް މިފަދަ ފިރިހެނުންގެ ކިބައިން ގިނަފަހަރު ލިބެނީ އަނިޔާއެވެ. ސެކްޝުއަލް އެބިއުސް އަކީ އެމީހުންނަށް ގިނަފަހަރު މަޖާ ކަމެކެވެ. އެމީހުންގެ ޖިންސީ ދުޅަހެޔޮކަން ފަހުން ގެއްލިގެންދަނީ މިފަދަ ފިރިހެނުންގެ އަނިޔާއިންނެވެ. އަދި ހަނދާން ކުރާށެވެ. މައްސަލައެއް ހުރެއްޖެނަމަ އަނބިމީހާއާއި ވާހަކަ ދައްކައިގެން ދެމީހުން އެކުގައި އެއަށް މަސައްކަތް ކުރާށެވެ. މިކަމުގައި އަންހެނުންވެސް އެހީތެރިވާންވާނެއެވެ. އަދި މައްސަލައިގެ ގޮތުން ތިމާގެ ބޭނުންތައް ފުއްދުމަށް އެއްފަދަ އެހެނިހެން ވަސީލަތް ބޭނުން ކުރާށެވެ.
މިލިޔުން ލިޔާފައި އެހީތެރިކަމެއް އަދި މައުލޫމާތެއް ލިބިއްޖެނަމަ ކޮމެންޓު ކުރައްވާށެވެ. އަދި އިތުރު ކުރުމަކަށްވެސް އެހެން ހައްދަވާށެވެ. މިލިޔުމުގައި މުރާސިލްގެ ލިޔުމަކަށް ރެފާކޮށްފައިވާ ލިޔުން ތިރީގައިވާ ލިންކުން ފެންނާނެއެވެ.
1 ޚިޔާލު: on "ފިރިހެނުންގެ މައްސަލައަށް ހައްލެއް!"
testing
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ