Wednesday, April 28, 2010

ލިޔެސް ޕުރީ ސުކޫލު ކުދިން ވަރަށް ފޯރިޔާއެކު ކުޑަކުދިންގެ ދުވަހަށް ތައްޔާރުވަނީ





މިއަހަރުވެސް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ލިޔެސް ޕުރީ ސުކޫލުން ވަރަށް ފޯރިޔާއެކު ފަރިތަ ކުރުންތައް ބާއްވަމުން އެބަދެވެ. ކުޑަކުދިންގެ ސުޕޯޓް މީޓުގެ ކުޅިވަރުތަކަށާއި ކޮންސެޓަށް މިހާރު ދަނީ ޕުރެކްޓިސް ކުރަމުންނެވެ. ކޮންސެޓަށް މިފަހަރު ނަށަން ދަސް ކޮއްދެނީ ޕުރީ ސުކޫލުގެ ދެ ޓީޗަރުންނެވެ. މިފަހަރުވެސް ސުޕޯޓް މީޓުގައި ވަރަށް ތަފާތު ހަރަކާތްތައް ފެނިގެން ދާނެވެ.

މިހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ޕުރީސުކޫލު ބެލެނިވެރިން ގެ ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.

މިފަހަރުގެ އެންމެ ހާއްސަ އައިޓަމަކަށް އޮންނާނީ ބެލެނިވެރިންނާއި ކުދިން އެއްކޮށް ހަރަކާތް ތެރިވާ ކެއުމުގެ ރޭހާއި ކަނަބަދެގެން ރީތި ކުރުންކަމަށް ލިޔެސް ޕުރީސުކޫލުން މައުލޫމާތު ދެއްވައެވެ. އަދި ބެލެނިވެރިންނާއި އެކު މިކަހަލަ ހެއްވާ މަޖާ ކުޅިވަރެއް ކުޅުމަށް ރާވާފައި މިވަނީ އެކުދިން ހަދާނުން ފިލުވާލަން ދަތި މަޖާ ދުވަހަކަށް ހެދުމުގެ ބޭނުމުގައެވެ.

ކުޑަކުދިންގެ ދުވަހަކީ މޭ 10 ވަނަ ދުވަހެވެ. ޕުރީ ސުކޫލު ކުދިންގެ ހަރަކާތްތައް ފެށޭނީ އެ ދުވަހުގެ ހަވީރު އެވެ. މިކުޅިވަރުތައް އޮންނާނީ ކުޅިވަރު ސުޓޭޖުގައެވެ.

.
Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލިޔެސް ޕުރީ ސުކޫލު ކުދިން ވަރަށް ފޯރިޔާއެކު ކުޑަކުދިންގެ ދުވަހަށް ތައްޔާރުވަނީ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ