Tuesday, May 4, 2010

މެއްޑޯގެ އެމް2 ވޮޗަރާއި ދިމާލަށް ރޭ ބަޔަކު ގައު އުކައިފި







މެއްޑޯގެ އެމް2 ވޮޗަރާއި ދިމާލަށް ރޭ ބަޔަކު ގައު އުކައިފި
ލަންދޫ އޮފީހުގެ ސެކްރެޓަރީ ސަލީމް ހުސައިންގެ އަމިއްލަ ކުންފުންޏެއް ކަމައްވާ އެމް 2 އަށް ލަންދޫ އޮފީހުގެ ސެކިއުރިޓީ ބަލެހެއްޓުން ލިބުމާއި ގުޅިގެން ތަފާތު ފަރާތްތަކުން ދަނީ ވާހަކަ ރަށުތެރޭގައި ދައްކަމުންނެވެ. އެންމެ އަގު ދަށް ފަރާތަށް އެސްޓިމޭޓު ނުލިބުމުން އެކަމާއި ދަނީ ނުރުހުން ފާޅުކޮށް ތަންތަނުގައި އަޑު ގަދަކުރަމުންނެވެ. އަދި އިއްޔެ އޮފީސް ބަންދު ކުރުމަށް ރަށު ތެރެއިން މީހުން ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
"ހިނގި ހިގުމުން 30 މީހުން ދާނެ ކަމަށް ބުނި. 30؛3 ގައި އައީ އެންމެ 3 މީހުން . މިރަށުގައި ބޭނުން ގޮތަކަށް ކަންތަށް ކުރެވެނީ ނުކެރޭ ފިޑިން ގިނަވުމުން." މިކަމާއި އެންމެ ނުރުހުންވެގެން އުޅޭ އެއްފަރާތުން ލިޔެސް އޮންލައިނުގެ ފަރާތުން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ވާހަކަ ދައްކަމުން ބުންޏެވެ.
" މެއްޑޯގެ އެމް2 އިން އެކަނި ބެންކު ސުޓޭޓްމަންޓެއް ހުށައެޅީ. މައުލޫމާތު ދިން އިރު ބުނެފައިވާނެ ހުށައެޅުމަށް. އެބައިން ހަމައެކަނި 23 މާކުސް އޭނާ ޔަށް ލިބުން" މިކަން ސާފުކުރުމަށް ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކައުންސިލާރ މައުލޫމާތު ދެއްވިއެވެ.
އެއީ ތެދެކެވެ. ހުދު އަޅުގަނޑުވެސް އެ މާކުސް ސީޓް ދެކުނީމެވެ.އެސީޓުގައި ވަނީ މެއްޑޯގެ އެމް2 އިން އެކަނި ސުޓޭޓްމަންޓް ހުށައަޅާފައެވެ. އެހެން ނަމަވެސް މައުލޫމާތު ދިން އިރު ސުޓޭޓްމަންޓް ގެންނަން އެންގި ކަން އެގޭނީ އޭރު ދިޔަމީހުންނަށެވެ. ކޮންމެ އަކަސް މިމައްސަލަ ބޮޑުވެ މިހާރު މިވަނީ މެއްޑޯގެ އެމް2 ގެ މުވައްޒިފުންނަށް ހަމަލާ ދޭންފަށާފައެވެ.

ރޭގެ ގަޑިން 24؛12 އެއްހާއިރު ޑިއުޓީގައި ހުރި ރިޔާޒު އަށް ވަނީ ހަމަލާ ދީފައެވެ. "ރިޔާޒު ފާހާނައިން ނުކުއްތަނާ ބޮޑު ދެ ގާބުރި އެއްލި. އެއްގާބުރި ޖެހުނީ ފާރުގަ. ދެވަނަ ގާބުރި އައިސް ޖެހުނީ އަތުގަ" މައުލޫމާތު ސާފުކުރުމަށް ގުޅާލުމުން އެމް2 ގެ މެނޭޖާރ ސަލީމް ހުސައިން ( މެއްޑޯ ) މައުލޫމާތު ދެއްވިއެވެ.

ލިޔެސް އޮންލައިނުގެ ފަރާތުން މިހިނގާ ދިޔަ ކަންތަށް ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި މިކަމާއި ހިންހަމަ ނުޖެހޭ ފަރާތްތަކުން މައުލޫމާތު ސާފުކޮށް ގާނޫނީ އިމުގެ ތެރެއިން ދިޔުމަށް ގޮވާލަމެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މެއްޑޯގެ އެމް2 ވޮޗަރާއި ދިމާލަށް ރޭ ބަޔަކު ގައު އުކައިފި"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ