ލިޔެސް ޕުރީ ސުކޫލާއި ލަންދޫ ސުކޫލު ގުޅިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ކުޑަކުދިންގެ ހަވީރެއް ލަންދޫ ސުކޫލުގައި ބާއްވައިފިއެވެ.
މިކޭކު ކޭކުފެޅުމުގައި ބައިވެރިވީ ލަންދޫ ސްކޫލްގައި އުޅޭ ކުޑަކުދިންގެ ތެރެއިން އެންމެ ޢުމުރުން ހަގު ދަރިވަރު ކަމުގައިވާ ގްރޭޑް 1 ގެ ދަރިވަރު އަޙްމަދު ލާމިއު އާއި ލިޔެސް ޕްރީސްކޫލްގެ އެންމެ ހަގުދަރިވަރު ކަމުގައި ވާ އެލްކޭޖީ ގެ މަރިޔަމް ރައުޒާ އެވެ.
ޕުރީ ސުކޫލު ކުދިންގެ 2 ލަވަޔަކާއި 2 ތަމްސީލު އަދި ލަންދޫ ސްކޫލްގެ ގްރޭޑް 1 ، 2 ،3 ،4 އަދި 5 ގެ ދަރިވަރުންގެ ފަރާތުން ކޮންމެ ކްލާހަކުން ގެނެސްދިން ޑާންސެއް އޮތެވެ. މީގެ އިތުރުން ކުޑަކުދިންގެ ސުއޫރު ފާޅުކުރުމާއި މާކުންބެ، ބަނޑުއަލީ، ސަންތި މަރިޔަބު ފަދަ ކެރެކްޓާރ ގެ އެކިއެކި މީހުންނާއި އެކު ފުޓޯ ނެގުން ވެސް ކުރިޔަށް ގޮސްފައިވަނީ ވަރަށް ފޯރިޔާއި އެކުއެވެ.
މިހަވީރު ތެރޭގައި ގުރޭޑް 10 އަކުން ބޭނުން ކުރި ސުނޭކް އެންޑް ލެޑާރ ބޯޑު ވަނީ މިއަދުގެ އެސެމްބުލީގައި ލަންދޫސުކޫލާއި ހަވާލު ކޮށްފައެވެ. މިބޯޑު ހަވާލު ކޮށްދެއްވީ ގުރޭޑް 10 ގެ ޓީޗަރ މަރިޔަމް ސާއިދާއެވެ.
0 ޚިޔާލު: on "ގުރޭޑް 10 އަކުން ބޭނުން ކުރި ސުނޭކް އެންޑް ލެޑާރ ބޯޑު ލަންދޫސުކޫލަށް ހަދިޔާ ކޮށްފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ