ލަންދޫ ލިޔެސް ފުޓްބޯޅަ ޓީމްގެ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތައް މިވަގުތައް ހުއްޓާލައިފި
މިހާރު ލިޔެސް ޖަމުއްޔާއިން ކުރިއަށް ގެންދާ އެކުވެރިކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތައް މިހާރު މިވަގުތައް ވަނީ ހުއްޓާ ލާފައެވެ. ދެން މެޗުތައް ކުޅެން ފަށާނީ ވިއްސަ އަލި ވުމުން ކަމަށް ލިޔެސް ޖަމުއްޔާއިން މިމެޗުތައް އިންތިޒާމް ކުރާ ފަރާތް ތަކުން ވަނީ ލަންދޫ ހެޑްލައިންސް އަށް މައުލޫމާތު ދެއްވާފައެވެ.
މިދިޔަ ހަފްތާ މަނަދޫ ޓީމާއި ބައްދަލް ކުރުމަށް ރޭވިފައިވާ މެޗުވެސް ވިއްސާރަ ވެ ވައިގަދަ ވުމުގެ ސަބަބުން ވަނީ ކެންސަލް ކޮށްފައެވެ.
ވިއްސާރަ އަލިވުމުން ދެން ލިޔެސްގެ ޓީމް ފަށާނީ ރަށުން ބޭރުގައި އިތުރު ތަމްރީން ހޯދުމަށެވެ. ޖުމުލަ 4 މެޗެއް ރަށުން ބޭރުގައި ކުޅުމަށް ހަމަ ޖެހިފައިވާ ކަމުގައިވެސް މިމެޗުތައް އިންތިޒާމް ކުރާ ކޮމެޓިން މައުލޫމާތު ދެއްވާފައެވެ.
0 ޚިޔާލު: on "ލަންދޫ ލިޔެސް ފުޓްބޯޅަ ޓީމްގެ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތައް މިވަގުތައް ހުއްޓާލައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ