
އަޅުގަނޑުމެން ގެ ތެރޭގައި ތިބި ނަމޫނާ ބޭފުޅުންގެ ފަރާތުންވެސް މިކަހަލަ ނޭދެވޭ ގޯސް ކަންތައްތައް ފެންނަމުންދާކަމީ މިއަދު ނުހަނު ހިތާމަ ކުރަން ޖެހޭކަމެކެވެ. މިކަހަލަ ކަންތައް ތަކުގެ ސަބަބުން މީހާއަށް ލިބިފައިވާ ގަދަރާއި އިތްޒަތް ކަޑަ ހިނދުކޮޅެއްގެ ތެރޭގައި ނެތިގެން ދެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އަތިރީ ކޮޅު މިސްކިތުގައި ހިގި ހާދިސާ އެކެވެ. ފަތިސް ނަމާދު ވަގުތެވެ. ޖަމާއަތުގެ ފުރަތަމަ ރަކުއަތުގައި ކުއަލިޔަކަށް މީހަކު ބުނެލިއެވެ. "ތިޔަތާގައި ނީންނާނެ އިބިފިލި ދެފިއްޔެއް. ރަގަޅަށް ތިޔަ ސޫރަތް ކިޔާ" ބަލާށެވެ. ނަމާދުގައި ތިބި މީހުންގެ ނަމާދަށް ވެސް ބާރަށް މީހަކު ނަމާދަށް ހުރެ ވާހަކަ ދެއްކުމުން އަސަރު ކުރާނެކަމީ ސައްކެއް ނެތްކަމެކެވެ.
އުމުރުން ދުވަސްވެ 65 އަހަރުގެ އިލަވެންސާއި އެކު ބާކީ އޮތްބައި ހެޔޮގޮތުގައި ދުއްވާލުމަށް ގޮވާލާއި މިފަދަ ކަންތައް ހުއްޓާލުމަށް އަންގަމެވެ.
ޚުޝޫޢަތް މިބަހުގެ މާނައަކީ ކިޔަމަންތެރިކަމާއި ބިރުވެތިވުމެވެ. ނުވަތަ މަޑުމޮޅިވުމެވެ. ފަލާހާއި ކާމިޔާބު ލިބޭ މީހުންނަކީ މުއުމުނުން ކަމުގައި، މުއުމިނޫން ސޫރަތުގެ ކުރީކޮޅުގައި މާތް ﷲ ބަޔާން ކުރައްވާފައިވެއެވެ. ކާމިޔާބު ލިބޭ މުއުމިނުންގެ އެއް ސިފައަކީ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނެވެ. އަދި އެންމެ ފުރަތަމައަށް އޮތް ސިފައަކީވެސް މިއެވެ.
ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރަނީ އަހަރެމެން ﷲގެ ރަސްކަންފުޅުމަތިން ހަނދާންކުރުމާއި ދުރަށް ގެންދިއުމެވެ. މި މަސައްކަތް ކުރަން އެންމެ ރަނގަޅު ވަގުތަކަށްވާނީ މުސްލިމާ ﷲ އާއި އެންމެ ބޮޑަށް ކުއްތަންވާން މަސައްކަތް ކުރާވަގުތުކަން ޔަޤީނެވެ. އޭރަށް ﷲ ޛިކުރު ކުރަން އަހަރެމެންނަށް ލިބޭ ރަނުގެ ފުރުސަތު ، އިބިލީހަށް ބޭކާރު ކޮށްލެވޭނެއެވެ.
ދުވަހަކުވެސް ހިތަށް ނާރާ ވާހަކަތަކާއި ، ސިލްސިލާ ފިލްމެއްހެން
ސިކުނޑީގެ މަންޒަރުތައް ނަމާދަށް ހުންނައިރު ފެންނަގޮތް ވެއެވެ. ފައިސާލިބޭނެ ގޮތަކާއި، ޢާއިލީ މައްސަލަތައް، ތާއީދު ކުރާ ފުޓްބޯޅަ ޓީމު މިއަދު މެޗުން ވާނެ ގޮތް، މިއީ ހައްތާވެސް ނަމާދަށް ހުންނައިރު ހިތަށް އަރާ ކަންތަކެވެ.
0 ޚިޔާލު: on "އަތިރީ ކޮޅު މިސްކިތުގައި ހިގި ހާދިސާ އެކެވެ."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ