
މުއުމިނުންނަށް ކޮންމެ ކަމެއް ބޮޑުވިކަމުގައިވީ ނަމަވެސް އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ. އެހެންކަމުން ހިތްއެދޭ ކުއްޖަކު ހޯދުމަށްވެސް ކުރުމަށް އެންމެ ރަނގަޅު ކަމަކީ ގިނަގިނައިން ދުޢާކުރުމެވެ. މުއުމިނުން އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާ ﷲ ރައްދެއްނުކުރައްވާނެއެވެ. އެހެނީ މުއުމިނަކު ދުޢާ ކޮށްފިނަމަ ތިން ކަމުން ކުރެ އެއް ކަމެއް އެމީހަކަށް ދެއްވާނެއެވެ. އެއް ގޮތަކީ ސީދާ އޭނާގެ ދުޢާ އިޖާބަ ކުރެއްވުމެވެ. އަނެއް ގޮތަކީ އެއަށްވުރެ ރަނގަޅު އެހެންގޮތެއް މެދުވެރި ކުރެއްވުމެވެ. ތިންވަނަ ގޮތަކީ އޭނައަށް ދިމާވާން އޮތް ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދެއްވުމެވެ.
އެހެންކަމުން ފަންޑިތަހަދާ ބިދްޢަވެރިން ކައިރިޔަށް ދިޔުން ހެޔޮނުވާހުއްޓެވެ. އޭގެ ބަދަލުގަ ތިމާ އަމިއްލަ އަށް ބޭނުން ބަހަކުން ދުޢާ ކުރުން މޮޅުއިތުރުވެގެންވެ އެވެ.
ފަންޑިތައިގެ ތެރޭގައި ހިމެނެނީ ހުއްދަ ކަންތާކާއި ޙަރާމް ކަންތަކެވެ. އެކަން ބިނާވަނީ އެކުރާ ކަންތައްތަކެއްގެ މައްޗަށެވެ. މިސާލަކަށް ތަވީދު އެޅުމަކީ ޙަރާމްކަމެކެވެ. ފަންވަތް އެޅުމަކީ ޙަރާމްކަމެކެވެ. ސިޙުރުގެ ކޮންމެ ޢަމަލަކީ ޙަރާމްކަމެކެވެ. އެކަމެއްގައި ﷲ އަށް ޝަރީކު ކުރުން ހިމެނޭ ކޮންމެ ކަމަކީ ޙަރާމްކަމެކެވެ. އެކަމެއްގައި ﷲ ގެ ކަލާމްފުޅަށް އިހާނެތިކޮށް ހިތިދާނެ އެއްވެސްކަމެއް ހުއްދަވެގެން ނުވެއެވެ. މިސާލަކަށް ޤުރްއާނުގެ އާޔަތެއް ނުވަތަ ﷲ ގެ އިސްމުފުޅެއް ލިޔެފައި ނިދާއެނދު ދޮށަށްލުން ނުވަތަ ނިދާ ބާލީސްދޮށަށް ލުން . ނުވަތަ ވަޅުލުން ފަދަކަންކަމަކީ ހުއްދަކަންކަމެއް ނޫނެވެ. ޢާއްމުގޮތެއްގައި ކޮންމެ ބައްޔަކަށް ވެސް ފަރުވާއެއްގެ ގޮތުން ކިޔެވުން ނުވަތަ ކިޔަފާވައި ފުމުން ނުވަތަ ފެނަށް ކިޔަވާފައި ބުއިން ނުވަތަ ގައިގައި އުނގުޅުން ، ނުވަތަ މެތުރުން މިކަންކަމަކީ ހުއްދަކަންކަމެކެވެ. އެއީ ވަކިޝަރުޠުތަކެއްހަމަވާނަމައެވެ. އެ ޝަރުޠުތަކަކީ :
ހ- އެ ކިޔަވާ އެއްޗަކީ ކީރިތި ޤުރްއާން ނުވަތަ މާތް ﷲ ގެ ޞިފަފުޅުތަކާއި އިސްމުފުޅުތައްކަމުގައި ވުން. ނުވަތަ ސުންނަތުން ޘާބިތު ޢިބާރާތެއްކަމުގައި ވުން.
ށ- ޢަރަބި ބަހުން ނުވަތަ އެހެން ބަހަކުންވިޔަސް އެކިޔާ އެއް ޗެއްގެ މާނަ އެނގޭ ފަދަ ގޮތަކަށް ކިޔެވުން.
ނ- އެ ކަންމަކަމަކީ އޭގެ ޒާތުގައި އަސަރުކުރުވާ ކަމެއްނޫންކަމާއި ، ނަމަވެސް އެއީ ސަބަބެއް ކަމާއި އެކަންކަމުން ފައިދާ ވާނީ މާތް ﷲ ގެ އިޛްނަ ފުޅާއެކު ކަމަށް ފަރުވާ ދޭ މީހާއާއި ފަރުވާ ލިބިގަންނަ މީހާ ޤަބޫލު ކުރުމެވެ.
0 ޚިޔާލު: on "ފަންޑިތަ ހެދުން ހުއްދަވާ ސަބަބެއްވޭތޯ؟"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ