
" ޕާމްބީޗް ސޮކާރކަޕް2010 " ފުޓްބޯޅަ މުބާރާތަކީ ޕާމްބީޗް އައިލެންޑް ރިސޯޓާއި ހިންނަވަރު ޒުވާނުންގެ މަރުކަޒާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތް ކުރިއަށޤ ދާނީ ހިންނަވަރުގައި ހަދާފައިވާ ޓާފް ދަނޑުގައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ގައެވެ.
" ޕާމްބީޗް ސޮކާރކަޕް2010 " ފުޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ އުތުރު ޕުރޮވިންސްގެ ހުރިހާ ރަށެއްގެ ކުލަބް ޖަމުއްޔާތަކަށް ދީފައެވެ. މިމުބާރާތުގައި ބައިވެރިވުމާއި ބެހޭ ގޮތުން މިހާރު ދަނީ ލިޔެސް ޖަމުއްޔާގެ އިސްކޮށްތިބި މެމްބަރުންގެ މެދުގައި ވާހަކަ ދައްކަމުންނެވެ. އަދި ކުޅުންތެރިންނާއި އަވަސް ފުރުސަތެއްގައި ބައްދަލު ކޮށް ވަކި ގޮތެއް ނިންމާނެވެ. މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 5 ވަނަ ދުވަހެވެ.

ޗެމްޕިއަން ޓީމަށް 30000 ރުފިޔާ އާއި ރަނަރަޕްޓީމަށް 15000 ރުފިޔާ އަދި ތިންވަނަ ޓީމަށް 10000 ރުފިޔާގެ މިއަގު ބޮޑު މުބާރާތަށް ލިޔެސްގެ ހުރިހާ ކުޅުންތެރިންނަށް ދެވޭނަމަ މިމުބާރާތް ކާމިޔާބު ކުރުމަކީ މާއުދަގޫ ކަމަކަށް ވާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަމެވެ.
މިމުބާރާތް ބޮޑު ޗުއްޓީގައި ނުބޭއްވީ ކީއްވެތޯ ކުރި ސުވާލަށް ހިންނަވަރު ޒުވާނުންގެ މަރުކަޒުން ޖަވާބު ދެއްވަމުން ބުނެފައިވަނީ މީ ޕާންބީޗުން ބޮޑު ހަރަދެއް ކޮށްގެން ކުރާ ކަމެއްކަމާއި މީ އޮފް ސީޒާޒަންގެ ދުވަސް ކޮޅުކަމަށް ވާތީއެވެ. އަދި މިމުބާރާތުގައި ބައިވެރި ވުމަށް އެއްވެސް ފައިސާ އެއް ދައްކާކަށް ނުޖެހެއެވެ. އެކަމަޑޭސަން ހަމަ ޖައްސަން ޖެހެނީ ވެސް އެބަޔަކު އަމިއްލައަށެވެ.
0 ޚިޔާލު: on "ޕާމްބީޗް ސޮކާރކަޕް2010 " ފުޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ލިޔެސްގެ ޓީމަށް ލިބިއްޖެ."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ