
ލަންދޫ އިރުމަތީ އަވަށު އަންހެނުންގެ މިސްކިތް ހިނަވާގެއަކަށް ބަދަލުކުރުމަށް ސަރުކާރުން އަންގަވައިފައިވާތީވެ މިކަމާއި ހިންހަމަ ނުޖެހިގެން އޮފީސް ދޮށަށް މިއަދު 35؛11 ހާއިރު ބަޔަކު އެއްވެއްޖެއެވެ.
ލަންދޫ އިރުމަތީ އަވަށު އަންހެނުންގެ މިސްކިތް ހިނަވާގެއަކަށް ބަދަލުކުރެއްވި ކަން އަންގަވާފައިވަނީ ލަންދޫ އޮފީހުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި މެސެޖަކާއި ޙަވާލާދީ އެމިނިސްޓްރީން ލަންދޫ އޮފީހަށް ފޮނުވި
މެސެއްޖެއްގައެވެ.އެއްވި މީހުން ބުނަމުން ދަނީ ރައްޔިތުންނާއި މަސްވަރާ ނުކޮށް މިކަހަލަ ކަމެއް އަމިއްލަޔަށް ނުނިންމޭނެ ކަމަށާއި އަދި ވަގަށް ކުރަމުން މިދާ ބޮޑެތި ކަންތައްތައް ދެން މިފަސްގަނޑުގައި ނުކުރެވޭނެ ކަމަށެވެ.

އެއްވި މީހުންގެ މިނިސްޓުރީން ފޮނުވި މެސެޖު ދެއްކުމަށް އެދުމުގެ މަތިން ނލަންދޫ ބޮޑުކަތީބު އަލްފާޟިލް ހަސަން ނަޞީރު ވަނީ ނ. އަތޮޅުގެ ކައުންސިލާރގެ ހުއްދަޔާއި އެކު ދައްކާފައެވެ.

އެއްވި މީހުން ބުނަމުންދަނީ ލަންދޫގައި އަދި މިވީހާތަނަކަށް މީހަކު ހިނަވާ ނެހެދިގެން ވަޅުނުލެވި ކުނިވެފައި ނޯންނާނެ ކަމަށާއި ހިނަވާގެއަކަށް ވުރެ ބޭސް ފިހާރައެއް އެތަނުގައި ހެދުން މާރަގަޅު ވާނެ ކަމުގައެވެ.
0 ޚިޔާލު: on "ލަންދޫ އޮފީސް ދޮށަށް ބަޔަކު އެއްވެއްޖެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ