މިފަހަރުގެ ވޯލްޑްކަޕަށް ވަރަށް ބޮޑަށް ލިޔެސް ޖަމުއްޔާއިން ތައްޔާރު ވަމުންއެބަދެއެވެ. ޒުވާނުން އެންމެ ސައުގުވެރިވާ ކުޅިވަރަށް ފުޓްބޯޅަ ވީތީއެވެ. މެޗުތައް ބެލުމަށް ސަތަރިން ސުކްރީނެއް މިއަދު ވަނީ ގެނެސް ފައެވެ. ޖުމުލަ 1200 ރުފިޔާ މިސުކްރީން ހެދުމަށް ހަރަދު ވެފައިވެއެވެ. އަދި ކޮފީ ބުއިމަށް ޓަކައި އިބްރާހިމް ސިމާޒު ( ކައްޓި ) ވަނީ ލަވާޒާ މެސިނެއް ހަދީޔާ ކޮއްފައެވެ. ލަންދޫ އޮފީހުން ކުލަ މާދަމާ ލިބުމުން ސުޓޭޖް ތައްޔާރު ކުރުމުގެ މަސައްކަތް ފަށޭނެވެ.
މިފަހަރު ވޯލްޑްކަޕްގެ މެޗުތައް ލަންދޫގެ ތިން ސަރަހައްދަކުން ސުކްރީނުން މެޗުތައް ފެންނާނެވެ. ޖެޓީ ކައިރި އަޅޯގަނޑުގެ ސަރަހައްދުގައި އެމްޑީޕީގެ ފަރާތުން ސުކްރީނެއް ބަހައްޓާނެ ކަމަށް އިލްޔާސް ހުސެއިން ( އިއްލަބެ ) މައުލޫމާތު ދިނެވެ. އަދި މަންޒިލް ގޭ ދޮށުގައިވެސް ސުކްރީނެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ލަންދޫގެ ޒުވާނުން ތައްޔާރުވުމުގެ ގޮތުން އެބަޔަކު ސަޕޯޓް ކުރާ ޓީމެއްގެ ދިދަ ކުޅިވަރު ސްޓޭޖްގައި ކުރެހުމައް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ދަނީ ޓިމުތަކުގެ ޖާޒީ މާލޭން ގެންނަމުންނެވެ.
0 ޚިޔާލު: on "ލަންދޫގެ ތިން ސަރަހައްދަކުން ވޯލްޑްކަޕްގެ މެޗުތައް ބެލުމަށް ބޮޑުސުކްރީން ބެހެއްޓުން"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ