
ލަންދޫގެ އަންހެނުންނަކީ ފެށުނީއްސުރެ މުރާލި ބައެކެވެ. ލަންދޫގެ އަންހެނުންނަކީ ރަށުގެ އިޤްތިޞާދުގެ ވަރަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. ފަންގިވިނުމުގެ މަސައްކަތަކީވެސް ލަންދޫގެ އަންހެނުން އިތުރު އާމްދަނީ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތެކެވެ.
މިމަސައްކަތް ކުރަނީ ހަމަ އެކަނި ބޮޑެތި މީހުންނެއް ނޫނެވެ. ޒުވާން ކުދިން މިކަން ކުރަމުންދާކަމީ ނުހަނު އުފާ ކުރަން ޖެހޭ ކަމެކެވެ. ލަންދޫގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބަޔެކެވެ.
ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހިތްހެޔޮކަމާއެކު މަރުޙަބާ ކިޔާ ބަޔެކެވެ. މުރާލި އަދި ރަށް ތަރައްޤީކުރުމުގައި ހީވާގިކަމާއެކު މަސައްކަތްކުރާ ބަޔެކެވެ.
0 ޚިޔާލު: on "ލަންދޫގެ އަންހެނުންނަކީ މުރާލި ބައެއް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ